ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން، އެއީ ވަރަށް ބޭނުންތެރި ބިނާ ކުރުމެއް: މެޑަމް ސާޖިދާ
3 ޖުލައި 2026 - 06:20

ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި އެއީ ވަރަށް ބޭނުންތެރި ބިނާ ކުރުމެއް ކަމަށް ރައީސުލްޖުްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ރާއްޖޭގައި ގަރލް ގައިޑް ގެ ހިދުމަތް ލިބެންފެށި ތާރީހީ މަގާމާއި، އެމަގާމު ލިބުނުގޮތުގެ މައްޗަށް ވަރަށް ތަފްސީލީގޮތެއްގައި އަލިއަޅުވާލެއްވިއެވެ. އަދި ރާއްޖޭގައި ގަރލް ގައިޑްގެ ހިދުމަތް ދެމުންދާތާ އެތައް އަހަރެއްވެއްޖެކަން ފާހަގަކުރައްވާ ވިދާޅުވީ ގަރލް ގައިޑް ހިދުމަތުގެ އަހަރީ ދުވަސް ދިވެހި ސަރުކާރުން ފުރަތަމަ ފަހަރަށް ބަލައިގަތީ މިއަހަރު ކަމަށެވެ.
މެޑަމްގެ ވާހަކަފުޅުގައި މިއަހަރަކީ ދިވެހި ގަރލް ގައިޑް ގެ ހިދުމަތަށް 75 އަހަރު ފުރޭ ފަހުރުވެރި އަހަރުކަން ފާހަގަކުރައްވާ ވިދާޅުވީ، މިއަހަރު ވެގެން މިދިއައީ މި ހިދުމަތް އުފަންވިތާ 75 އަހަރު ފަހުން އެހިދުމަތުގެ އުފަންދުވަސް ރަސްމީކޮށް ބަލައިގަނެވި ފާހަގަކުރާ އަހަރަށް ކަމަށެވެ.
ޝައްކެއްނެތް ގައުމު ބިނާ ކުރުމަކީ މީހުން ބިނާކުރުން، މީހުން ބިނާކުރާއިރު އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަންޖެހޭ، ގަރލް ގައިޑް އުފައްދާ އެކަން ދެމެހެއްޓުމުން އެކަން ހިމެނިގެންދަނީ މީހުން ބިނާ ކުރުމުގެ މަސައްކަތުގެ ތެރެއިން: މެޑަމް ސާޖިދާ
ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫންކަން ފާހަގަކުރައްވާ މެޑަމް ސާޖިދާ ވިދާޅުވީ އެއީ ވަރަށް ބޭނުންތެރި ބިނާ ކުރުމެއް ކަމަށެވެ. ވިދާޅުވީ ގަރލް ގައިޑް ގެ ހިދުމަތުގެ ތެރެއިން ޒިންމާއަށް ފަރުވާތެރިވާން ދަސްކޮށްދޭ ކަމަށެވެ. އަދި ގަރލް ގައިޑް ގެ ހިދުމަތަކީ އިންސާނީ ގުޅުންތެރިކަމުގެ ޗޭނެއް ކަމަށް އެކަމަނާ ވަނީ ސިފަލުރައްވާފައެވެ.
ޒިންމާ އުފުލުމަކީ، ޝަކުވާ ނުކުރުމަކީ، ގަރލް ގައިޑުންގެ އުފަލެއް، ގަރލް ގައިޑް ގެ އުފަލަކީ އަދި ޝަރަފަކީ މަދަދުވެރިކަމާއި ހިދުމަތް މުޖުތަމައާއި ގައުމުގެ ބައެއް ކަމުގައި ހިމެނިގެންވުން : މެޑަމް ސާޖިދާ
މެޑަމްގެ ވާހަކަފުޅުގައި ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހި ގަރލް ގައިޑުންގެ ހިދުމަތް އަދާކުރެއްވި އެންމެހައި ފަރާތްތަކަށާއި އަދުގެ ގާލްގައިޑުންނަށް ވަނީ ދަންނަވާފައެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަ ކުރާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މަހައްމަދު މުއިއްޒުއަށް ވެސް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.


