logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާންގެ ރޫޙީ ލީޑަރު އަވަހާރަކޮށްލި މައްސަލަ: އެމެރިކާ އާއި އިސްރާއީލުގެ ކިބައިން "ލޭގެ ބަދަލުހިފާނެ"ކަމުގެ އިންޒާރު!

ޒިދާން މުޙައްމަދު
3 ޖުލައި 2026 - 11:59
އީރާންގެ ރޫޙީ ލީޑަރު އަވަހާރަކޮށްލި މައްސަލަ: އެމެރިކާ އާއި އިސްރާއީލުގެ ކިބައިން "ލޭގެ ބަދަލުހިފާނެ"ކަމުގެ އިންޒާރު!

އީރާނުގެ ކުރީގެ ރޫޙީ ލީޑަރު އަޔާތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި މައްސަލައިގައި، އެމެރިކާ އާއި އިސްރާއީލުގެ ކިބައިން "ލޭގެ ބަދަލުހިފާނެ" ކަމަށް އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ކޮމާންޑަރ-އިން-ޗީފް މޭޖަރ-ޖެނެރަލް އާމިރު ޙާތަމީ ވައުދުވެވަޑައިގެންފިއެވެ. ޙާތަމީ މިހެން ވިދާޅުވީ ތެހެރާންގައި ބޭއްވި ޚާމަނާއީގެ ޖަނާޒާގެ ހަވާސާގައި ވާހަކަދައްކަވަމުންނެވެ.

އަޔާތުﷲ އަލީ ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިން ދިން ވައިގެ ހަމަލާއެއްގައެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ ދުވަސްތަކެއް އިއުލާންކޮށްފައެވެ. ޚާމަނާއީގެ ހަށިކޮޅު ތެހެރާންގެ ގްރޭންޑް މުސައްލާގައި ހުކުރު ދުވަހުން ފެށިގެން ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ޖަނާޒާގައި 12 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން "ގަރުނުގެ ޖަނާޒާ" ގެ ގޮތުގައި ސިފަކުރާ މި ރަސްމިއްޔާތުގައި، ޚާމަނާއީގެ ހަށިކޮޅާއެކު ފެބްރުއަރީ މަހުގެ ހަމަލާގައި އަވަހާރަވި އެމަނިކުފާނުގެ އާއިލީ ބޭފުޅުންގެ ހަށިކޮޅުތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އެއް އަހަރުގެ ކާފަ ދަރިފުޅު ޒަހްރާ މުހައްމަދު ގޮލްޕަޔެގާނީ ވެސް ހިމެނެއެވެ. ތެހެރާންގެ ރަސްމިއްޔާތުތަކަށް ފަހު، ހަށިކޮޅު ގުމް އަށާއި އިރާގުގެ ނަޖަފް އަދި ކަރުބަލާ އަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ޖަނާޒާއާ ގުޅިގެން ތެހެރާންގެ ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައް ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ބަންދުވާނެއެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ތެހެރާންގެ ވައިގެ ސަރަހައްދު ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މި ހުރިހާ ކަމެއް ހިނގަމުންދަނީ އީރާނާއި އެމެރިކާއާ ދެމެދު ޖޫން މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު މަރުހަލާއެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

އަޔާތުﷲ އަލީ ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެމަނިކުފާނު އުފަންވެވަޑައިގަތް މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގްބަރާގައެވެ. މި ޖަނާޒާގައި ބައިވެރިވުމަށް ބޭރު ގައުމުތަކުގެ އިސްވެރިން ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހިމެނިވަޑައިގަންނަވާނެ ކަމަށް ވަނީ ކަށަވަރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާންގެ ރޫޙީ ލީޑަރު އަވަހާރަކޮށްލި މައްސަލަ: އެމެރިކާ އާއި އިސްރާއީލުގެ ކިބައިން "ލޭގެ ބަދަލުހިފާނެ"ކަމުގެ އިންޒާރު!ދުނިޔެ | 2 ގަޑިއިރު ކުރިން