logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުން ޑިއުޓީ ކަނޑާލައިފި

ޒިދާން މުޙައްމަދު
3 ޖުލައި 2026 - 17:02
އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުން ޑިއުޓީ ކަނޑާލައިފި

އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯޓްކުރާ ތެލުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ އުވާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމައި، އެކަން ރަސްމީ ގެޒެޓުގައި ހާމަކޮށްފިއެވެ.

އާންމު ގޮތެއްގައި ރާއްޖެއަށް ބޭނުންވާ ހަކަތަ އެތެރެކުރަނީ މެދުއިރުމަތީގެ ގައުމުތަކުން ކަމަށްވީ ނަމަވެސް، ހުރުމޫޒް ކަނޑުއޮޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ. މި ހާލަތާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ އިންޑިއާއިން ހޯދުމާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، އިންޑިއާގެ ގެޒެޓުގައިވާ ގޮތުން ރާއްޖެ ހިމެނޭހެން އަވައްޓެރި ބައެއް ގައުމުތަކަށް ތެޔޮ ފޮނުވުމުގައި ޑިއުޓީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ޑިއުޓީއާ ބެހޭ ގަވާއިދުތަކަށް ގެނައި ބަދަލާއެކު، 'ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ' އާއި 'ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް' އިން ރާއްޖެ ވަނީ އިސްތިސްނާކޮށްފައެވެ. މީގެ ކުރިން މިފަދަ ލުއިތަކެއް ލިބެމުންދިޔައީ ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އިމްޕޯޓްކުރަނީ އޮމާން، ސިންގަޕޫރު، މެލޭޝިއާ އަދި ޔޫއޭއީ އިންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުން ޑިއުޓީ ކަނޑާލައިފިޚަބަރު | 2 ގަޑިއިރު ކުރިން