logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލީ އެއްތަނަކުން ގިނަ ހިދުމަތްތަކެއް ފަސޭހައިން ފޯރުކޮށްދެވޭނެ: އެމްޑީއެސް

އަޙުމަދު ރިޝާން
4 ޖުލައި 2026 - 05:47
އެމްޑީއެސްގެ ސީނިއާ ސްފްޓްވެއާ އިންޖިނިއަ ހާނީ ނަސީރު. -ފޮޓޯ/މެންދުރު ޓީވީ
އެމްޑީއެސްގެ ސީނިއާ ސްފްޓްވެއާ އިންޖިނިއަ ހާނީ ނަސީރު. -ފޮޓޯ/މެންދުރު ޓީވީ

މޯލްޑިވްސް 2.0 މެދުވެރިކޮށް، ކުރިޔަށް އޮތްތާ ޑިޖިޓަލީ އެއްތަނަކުން ރައްޔިތުންނަށް ގިނަ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދެވޭނެ ކަމަށް މޯލްޑިވްސް ޑިޖިޓަލް ސާވިސް (އެމްޑީއެސް) އިން ބުނެފި އެވެ.

މެންދުރު ޓީވީ އަށް މައުލޫމާތު ދެމުން އެމްޑީއެސްގެ ސީނިއާ ސްފްޓްވެއާ އިންޖިނިއަ ހާނީ ނަސީރު ވިދާޅުވީ މޯލްޑިވްސް 2.0 ގައި ޑިޖިޓަލީ ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ ވިސްނުން ހިމެނޭ ކަމަށެވެ. މިއީ ރައީސުލުލް ޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވިސްނުންފުޅެއް ކަމަށް ވެސް ހާނީ ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އުފައްދަވާފައި ވަނީ ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އުވާލެއްވުމަށް ފަހު އެވެ. މޯލްޑިވްސް ޑިޖިޓަލް ސާވިސް ހިންގާނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުންނެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުން މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދީ ސަރުކާރުގެ "ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް" މަގުޗާޓު ތަންފީޒުކުރުމުގެ ގޮތުންނެވެ. އެ މަގުޗާޓުގައިވާ ކަންކަން ތަންފީޒު ކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ މޯލްޑިވްސް ޑިޖިޓަލް ސާވިސް އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލީ އެއްތަނަކުން ގިނަ ހިދުމަތްތަކެއް ފަސޭހައިން ފޯރުކޮށްދެވޭނެ: އެމްޑީއެސްޚަބަރު | 2 ގަޑިއިރު ކުރިން