logo
Bank of Maldives

Bank of Maldives

ދުނިޔެ

ހުޅަނގު އައްސޭރީގައި އިތުރު 13 ޔަހޫދީ އާބާދީއެއް ގާއިމުކުރަން އިސްރާއީލުން ނިންމައިފި

ޒިދާން މުޙައްމަދު
4 ޖުލައި 2026 - 12:57
ހުޅަނގު އައްސޭރީގައި އިތުރު 13 ޔަހޫދީ އާބާދީއެއް ގާއިމުކުރަން އިސްރާއީލުން ނިންމައިފި

އިސްރާއީލްގެ ސަލާމަތީ މަޖިލީހުން ހުޅަނގު އައްސޭރީގެ އިތުރު 13 ސަރަޙައްދެއްގައި ޔަހޫދީ އާބާދީތައް ގާއިމުކުރުމަށް ނިންމައިފިއެވެ. އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ހުޅަނގު އައްސޭރީގެ މެދުތެރޭގައި ހިމެނޭ ބުންޔާމީން ސަރަޙައްދުގައި ޔަހޫދީން ދިރިއުޅޭނެ އައު އިމާރާތްތައް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިންމުން ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެށުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.

މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ޤުދުސްގެ ހުޅަނގުއުތުރާއި ރަމަﷲގެ ހުޅަނގު ބިތަށް އިސްރާއީލްގެ ބާރު ފުޅާކުރުމެވެ. ސިޔާސީ ދާއިރާގެ މާހިރުން ދެކޭގޮތުގައި، މިއީ ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ކާމިޔާބުކުރުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ ސިޔާސީ ހަރަކާތެކެވެ. ނަމަވެސް ފަލަސްޠީނުގެ މަސްއޫލުވެރިން ވަނީ މިކަމުގެ ސަބަބުން ހުޅަނގު އައްސޭރީގެ ބިންތައް އިތުރަށް ގެއްލި، އިރުމަތީ ޤުދުސްއާ އޮންނަ ގުޅުން މުޅިން ކެނޑިގެންދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރެމުންދާއިރު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި ފެށި ގަތުލުއާންމާ ގުޅިގެން ހުޅަނގު އައްސޭރީގައި ހިންގާ މިފަދަ ޖަރީމާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2012 އިން 2022 އަށް އަހަރަކު އެވްރެޖްކޮށް 8 އައުޓްޕޯސްޓު ހަދަމުންދިޔަ ނަމަވެސް، 2023 ގައި އެ އަދަދު 32 އަށް އަދި 2024 ގައި 62 އަށް ވަނީ އަރާފައެވެ. އަދި މިދިޔަ އަހަރު މި އަދަދު ވަނީ 86 އަށް މައްޗަށް ގޮސްފައެވެ.

މި އާބާދީތައް ބިނާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެނީ ސީދާ އިސްރާއީލް ސަރުކާރުގެ ބަޖެޓުންނެވެ. މިގޮތުން 2023 ވަނަ އަހަރު މިކަމަށް 7.5 މިލިއަން ޑޮލަރު ހޭދަކުރިއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 20 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ. މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަރަކާތްތަކެއް ކަމަށް ފަލަސްޠީނުން ތަކުރާރުކޮށް ބުނަމުންދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅަނގު އައްސޭރީގައި އިތުރު 13 ޔަހޫދީ އާބާދީއެއް ގާއިމުކުރަން އިސްރާއީލުން ނިންމައިފިދުނިޔެ | 3 ގަޑިއިރު ކުރިން