ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި
5 ޖުލައި 2026 - 06:24

ސަރުކާރުން އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން މިއަދު އިސްތިއުފާ އެވެ.
އަރޫނާ އިސްތިއުދާ ދެއްވި ސީދާ ސަބަބެއް އެ ބޭންކުން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ. އަރޫނާ އަކީ ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައި ކަނބަލެކެވެ.

Ad by Hajj Corporation
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަކީ އިގްތިސާދީ އަދި ތަރައްގީގެ އެކި މަޝްރޫއު އިންވެސްޓްކުރުމަށް 2024 ވަނަ އަހަރުގެ މެއި މަހު އުފައްދާފައިވޭ ބޭންކެކެވެ. މި ބޭންކުން ރަސްމީކޮށް ހުޅުވާފައި ވަނީ އެ އަހަރުގެ ނޮވެމަބަރު މަހު އެވެ. މި ބޭންކުގެ މެންޑޭޓުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، ދެމެހެއްޓެނިވި އިގްތިސާދީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުން ހިމެނެ އެވެ.
މަރުކަޒީ ބޭންކުން ޑީބީއެމްގެ ވިޔަފާރި ފެށުމަށް ހުއްދަ ދިނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.


