އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އާރުޓީއެލްގެ ނެޓްވޯކުން ގުޅާލެވޭނެ: ވަޒީރު
6 ޖުލައި 2026 - 05:37
.webp&w=1920&q=75)
އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ޚިދުމަތް މުޅި ރާއްޖޭގައި ފެށިގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
ވަޒީރުގެ ވާހަކައިގައި އާރުޓީއެލް ފެރީގެ ހިދުމަތް ނުދެވި މިހާރު އޮތީ ޖުމްލަ 5 އަތޮޅުކަން ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ޖުމްލަ 35 ބޯޑު އޮޕަރޭޝަނަލްކުރެވި އާރުޓީއެލްގެ ހިދުމަތް 15 އަތޮޅެއްގައި ދެމުންދާކަން ފާހަގަ ކުރެއްވިއެވެ.
ބާކީ އޮތް 5 އަތޮޅާއެކީ އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އާރުޓީއެލްގެ ނެޓްވޯކުން ގުޅާލެވޭނެ: ވަޒީރު
އާރްޓިއެލްގެ ހިދުމަތް ފެށީ، 2022 ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ހާއްސަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ.


