logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ ހުޅުމާލެ އަކީ ދިރިއުޅެން ފަސޭހަ، ހުރިހާ ގޮތަކުންވެސް އަމާން ނަމޫނާ ސަހަރަކަށް ހެދުން: ޒުހައިރު

އައިޝަތު އިނާޝާ
6 ޖުލައި 2026 - 06:33
އަމާޒަކީ ހުޅުމާލެ އަކީ ދިރިއުޅެން ފަސޭހަ، ހުރިހާ ގޮތަކުންވެސް އަމާން ނަމޫނާ ސަހަރަކަށް ހެދުން:  ޒުހައިރު

އެޗްޑީސީގެ އަމާޒަކީ ހުޅުމާލެ އަކީ ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ ހުރިހާ ގޮތަކުންވެސް އަމާން ނަމޫނާ ސަހަރަކަށް ހެދުންކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

 އާދިއްތަ ދުވަހުގެ ރޭ ހިޔާ ޓަވަރުގައި އަލަށް ހަރުކުރި ލިފްޓްތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޒުހައިރު ވަނީ މިއަދަކީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަ ކުރެއްވާފައެވެ. ވިދާޅުވީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިވި އެންމެ ބޮޑު އެއް ތަކުލީފަކީ ލިފްޓަށް މަޑުކޮށްގެން ގިނަ ވަގިތު ހޭދަ ކުރުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާއްސަކޮށް ވަޒީފާއަށާއި ސްކޫލަށްދާ ގަޑިތަކުގައި މި ތަކުލީފް އިންތިހާއަށް ބޮޑުވުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތް. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވޭ: ޒުހައިރު

ޒުހައިރުގެ ވާހަކައިގައި ހިޔާގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު ހަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ރިޔާސީ ވައުދުފުޅެއް ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސްގެ ވައުދުފުޅާއެއްގޮތައް މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާ، އިފްތިތާހު ކުރެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޒުހައިރު ވިދާޅުވިގޮތުގައި އެޗްޑީސީގެ އަމަޒަކީ ހުޅުމާލެ އަކީ ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ ހުރިހާ ގޮތަކުންވެސް އަމާން ނަމޫނާ ސަހަރަކަށް ހެދުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަަމަޖެއްސުން ކަމަށެވެ.

މި މަގްސަދު ހާސިލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރާ ގުޅިގެން އަބަދުވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ތިޔަ ހުރިހާ ރައްޔިތުންނަށް ދެން: ޒުހައިރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު ދަށުން ޖުމްލަ 16 ޓަވަރުގައި 32 ލިފްޓު ވަނީ އަލަށް ހަރުކޮށްފައެވެ. މީގެ ކުރިން ބައެއް ޓަވަރުތަކުގައި ތިން ލިފްޓު އަދި ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓު ހުރި ނަމަވެސް، އާބާދީ ބޮޑުވުމުގެ ސަބަބުން ލިފްޓުތަކަށް ބާރުބޮޑުވެ، އަރައި ފޭބުމުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

އަލަށް ހަރުކުރި މި ލިފްޓުތަކަކީ ޖާގަ ތަނަވަސް، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. މި ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭހެން ފަރުމާކޮށްފައިވާ ލިފްޓުތަކެކެވެ.

މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތައް ވެސް މި ލިފްޓުތަކުގައި ވަނީ ގާއިމުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަކީ ހުޅުމާލެ އަކީ ދިރިއުޅެން ފަސޭހަ، ހުރިހާ ގޮތަކުންވެސް އަމާން ނަމޫނާ ސަހަރަކަށް ހެދުން: ޒުހައިރުޚަބަރު | 2 ގަޑިއިރު ކުރިން