logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްގަމު ދަތުރުފަތުރުގެ ހިދުމަތްތައް އޯގަސްޓަށް ޑިޖިޓަލްކޮށް ނިންމަނީ

ޒިދާން މުޙައްމަދު
6 ޖުލައި 2026 - 13:07
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ހިދުމަތްތަކެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކޮށް ނިންމުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ދަތުރުފަތުރުގެ ދާއިރާގައި ބޭނުންކުރާ ނިޒާމަށް ވުރެ ފުރިހަމަ އަދި ޒަމާނީ ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ 'ވަން ގަވް' ޕްލެޓްފޯމްގެ ދަށުން ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި އާ ނިޒާމަކީ ރައްޔިތުންނަށް ހިދުމަތް ހޯދުމުގައި މިހާރު ދިމާވާ ތަކުލީފުތަކާއި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަރުމާކުރެވޭ ނިޒާމެކެވެ. 

އަދި މިއީ މިހާރު ބޭނުންކުރާ ނިޒާމަށް ވުރެ ފުރިހަމަ އަދި ޒަމާނީ ޑިޖިޓަލް ސިސްޓަމެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަސައްކަތް ނިމި އެއްގަމު ދަތުރުފަތުރުގެ ހިދުމަތްތައް އެއްކޮށް ޑިޖިޓަލައިޒް ކުރެވުނުކަން ރަސްމީކޮށް އިއުލާނު ކުރާނީ، ސަރުކާރުގެ ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ ހުއްދަ އާއި އެންޑޯސްމެންޓް ލިބުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލާއެކު، ލައިސަންސް އާކުރުމާއި އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ކަންކަން އިތުރަށް ހަލުވިވެ، ކިއޫގައި މަޑުކުރަން ނުޖެހި ލުއިފަސޭހަކަމާއެކު ހިދުމަތް ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްގަމު ދަތުރުފަތުރުގެ ހިދުމަތްތައް އޯގަސްޓަށް ޑިޖިޓަލްކޮށް ނިންމަނީޚަބަރު | 2 ގަޑިއިރު ކުރިން