logo
Bank of Maldives

Bank of Maldives

ޚަބަރު

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި

އަޙުމަދު ރިޝާން
7 ޖުލައި 2026 - 06:59
ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި

 ޕްލާސްޓިކް ކޮތަޅަށް މިހާރު ނަގަމުންދާ ފީ އަށް ލުޔެއް ދިނުމަށް ކުނި މެނޭޖްކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެންނަ މިބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒު އެވެ. އަދި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދުގެ މަޖިލީހުގައި ކުރިޔަށް ގެންގޮސްފަ އެވެ. މި ބިލުގައިވާ ގޮތުން 50 ކޮތަޅަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހުށަހަޅާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލު ހުށަހަޅުއްވަމުން މެމްބަރު އިބްރާހިމް ޝިފާޒު ފާހަގަ ކުރެއްވެވި ގޮތުން މި ބިލަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުމަށް ހުށަހަޅާ ބިލެކެވެ.

ބިލުގައި ބުނެފައި ވަނީ މި ބިލަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ކުނި އެތެރެކުރުމަކީ މަނާކަމެއްކަމަށް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އިސްލާހުކުރުމަކީ ވެސް ބިލުގެ މުހިންމު މަޤްސަދެއް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިޚަބަރު | 2 ގަޑިއިރު ކުރިން