logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުން ރައީސް ޔާމީނަށް އަނިޔާވެރިވެ، ދެރަގޮތެއް ނަހަދާނެ: މެމްބަރު ހުސެއިން ހަމީދު

އައިޝަތު އިނާޝާ
8 ޖުލައި 2026 - 07:13
މި ސަރުކާރުން ރައީސް ޔާމީނަށް އަނިޔާވެރިވެ، ދެރަގޮތެއް ނަހަދާނެ:  މެމްބަރު ހުސެއިން ހަމީދު

މި ސަރުކާރުން ރައީސް ޔާމީނަށް އަނިޔާވެރިވެ، ދެރަގޮތެއް ނަހަދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަދައްވަމުން މެމްބަރު ހުސެއިން ހަމީދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ވެސް ރައީސް ޔާމީނުގެ ހިއްސާއާ އެކުގައި ކަމަށެވެ. ވިދާޅުވީ މި ސަރުކާރުން އެކަން ގާބޫލުކުރާ ކަމަށާއި މިއަދު ރައީސް ޔާމީނަށް ވެސް އެންމެ މޮޅުވާނީ މިސަރުކާރު ދެމިއޮތިއްޔާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރުން ރައީސް ޔާމީނަށް އަނިޔާވެރިއެއް ނުވާނެ، މި ސަރުކާރުން ރައީސް ޔާމީނަށް ދެރަގޮތެއް ނުހަދާނެ. ދިވެހި ރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމު އައިއްސުރެ، ކުރީގެ ރައީސުންނަށް ދުއްތުރާ ކުރުމާ، ގޯނާ ކުރުމާ، ޖެއްސުން ކުރުމާ، މި ހުރިހާ ކަމެއް ނައްތާލެއްވި ރައީސަކީ މިއަދުގެ ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒު. މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ހަމީދު ވިދާޅުވިގޮތުގައި މި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެކިކަހަލަ ދަށު ދަރަޖައިގެ ތުހުމަތުތައް އަޅުއްވަމުންގެންދަވާއިރު ވެސް އެމަނިކުފާނު މިހާތަނަށް އޭގެ އެއްވެސް ވެރިއަކަށް "ބަދު ބަހެއްގެ" މިންވަރު ވެސް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

މިކަމުން ދޭހަވަނީ މިރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ހަމަޖެހުން ހޯއްދަވައި ދެއްވުމަށް ރައީސް ކުަރައްވަމުން ގެންދަވާ މަސައްކަތް، މެމްބަރު ވިދާޅުވިއެވެ.
ރައީސް ސާލިހު، ރައީސް ޔާމީން ޖަލަށްލީ ގޮތަށް މި ސަރުކާރަށް ވެސް ރައީސް ސާލިހު ޖަލައްލެވޭނެ އިނގޭތޯ، އަދި ދެންތިބި ވެރިންވެސް ޖަލަށް ލެވޭނެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ބަދަލުހިފުން ނިމުނީއޭ! ސިޔާސީ ހަސަދަވެރިކަން ނިމުނީއޭ! މެންބަރު ވިދާޅުވިއެވެ.

މެމްބަރު ހުސެއިން ހަމީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމަށް ވުރެ ޕީއެންސީގެ ވެރިކަން މާ ބޮޑަށް ވެސް ހިއްފަސޭހަ ވާނެ ކަން ހުދު ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މިއަދު ރައީސް ޔާމީޔަށް އެމްޑީޕީގެ އަސްލު ވިސްނުމާއި މަގުސަދު ވަނީ އެނގިވަޑައިގަންނަވާފައި ކަމަށާއި އެމްޑީޕީ އަށް މިގައުމުގެ ވެރިކަން ނޫން އެހެން އެއްވެސް އެއްޗެއް މުހިންމު ނުވާނެ ކަމަށެވެ.

މެމްބަރު އިތުރަށް ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން އަބަދު ޖަލުގައި ބައިތިއްބަވަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުން ރައީސް ޔާމީނަށް އަނިޔާވެރިވެ، ދެރަގޮތެއް ނަހަދާނެ: މެމްބަރު ހުސެއިން ހަމީދުޚަބަރު | 2 ގަޑިއިރު ކުރިން