logo
Bank of Maldives

Bank of Maldives

ޚަބަރު

މާފަންނު ޖާޔާކުޝަން ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

އައިޝަތު ނަޝާ
9 ޖުލައި 2026 - 04:45
މާފަންނު ޖާޔާކުޝަން ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

މާފަންނުގައި ހުންނަ އިމާރާތެއްގައި އަލިފާން ރޯވެ،ދުންގަނޑު  ބޮޑު ސަރަހައްދަކަށް ފެތުރިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެފައި ވަނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އިމާރާތުން އަރާ ދުން ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މަންޒަރު ފެނެއެވެ.

މި އިމާރާތަކީ ފޮތި ރައްކާކޮށްފައި ހުރި ގުދަނެކެވެ. އެތަނުގައި ހިފި ހުޅުގަނޑު މައިތިރި ކޮށްފައިވި ނަމަވެސް، އަދިވެސް ދުން އަރަމުންދާތީ ފަޔަ އެންޑް ރެސްކިއު ޓީމުން އަންނަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގަ އެވެ. އަދި އަލިފާން ރޯވުމާ އެކު އެ މީހުން ވަނީ ފޮށިތަކާ އެކު ބޭރަށް ނިކުމެފަ އެވެ. 

444670_3_caa8be2cf2c2a8b09b376faaed430b7ff3f3d007.jpeg

 

މި ހާދިސާގައި އެއްވެސް މީހަކަށްް ގެއްލުން ވެފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.އަދި އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ސާފެއް ނޫނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެޚަބަރު | ގަޑިއިރެއް ކުރިންމާފަންނު ޖާޔާކުޝަން ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއްޚަބަރު | 3 ދުވަސް ކުރިންމިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީޚަބަރު | 6 ދުވަސް ކުރިން