logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅުންހުރި ބަލިތަކަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، ފަޒުނާ ނިޔާވެއްޖެ

ޒިދާން މުޙައްމަދު
9 ޖުލައި 2026 - 12:12
ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅުންހުރި ބަލިތަކަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، ފަޒުނާ ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅުންހުރި ބަލިތަކަށް ޚާއްސަވެވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަން، ޑރ. އާމިނަތު ފަޒުނާ މިއަދު ނިޔާވެއްޖެއެވެ.

ގދ. ގައްދޫ، ކަށިކެޔޮމާގެއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. ފަޒުނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އޭނާ ވަކިވެދިޔުމުގެ ހިތާމައިގައި ސިއްހީ ދާއިރާގެ ގިނަ ބަޔަކާއި، އޭނާގެ ފަރުވާ ހޯދަމުންދިޔަ ކުދިންގެ އާއިލާތަކުން ދަނީ ބޮޑު ހިތާމައެއް ފާޅުކުރަމުންނެވެ.

ޑރ. ފަޒުނާއަކީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީގެ އިތުރުން އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެން ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އައިޖީއެމްއެޗްގައި ޚިދުމަތް ދެއްވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން ހާމަކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

އޭނާއަކީ ރާއްޖޭގައި މި ދާއިރާއިން ޚާއްސަވެވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. ޚާއްސަކޮށް އޯޓިޒަމް، އޭޑީއެޗްޑީ އަދި އުނގެނުމުގައި ދަތިތައް ހުންނަ ކުދިން ދެނެގަތުމަށް ހަދާ އެސެސްމެންޓްތަކުގެ މަސައްކަތުގައި ޑރ. ފަޒުނާ ވަނީ ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ޑރ. ފަޒުނާ އަވަހާރަވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް، ވަކިން ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ދިނުމުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅުންހުރި ބަލިތަކަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، ފަޒުނާ ނިޔާވެއްޖެޚަބަރު | 2 ގަޑިއިރު ކުރިން