logo
Bank of Maldives

Bank of Maldives

ޚަބަރު

ވ. ފެލިދޫ ކައިރިން އަޑިއަށްދިޔަ "ޖަޒީރާ" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފި

ޒިދާން މުޙައްމަދު
9 ޖުލައި 2026 - 17:53
ވ. ފެލިދޫ ކައިރިން އަޑިއަށްދިޔަ "ޖަޒީރާ" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަނިކޮށް ވ. ފެލިދޫގެ ހުޅަނގު ފަރާތުން ދިޔަވެ، އަޑިއަށްދިޔަ "ޖަޒީރާ" ބޯޓުގައި ތިބި އެންމެން ފުލުހުންގެ އެހީތެރިކަމާއެކު ރައްކާތެރިކަމާއެކު ފުލިދުއަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މުދާ އުފުލާ މި ބޯޓު އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 15:26 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. ފުލުހުންގެ ބެލުމުގެ ދަށުން މި ހަތް މީހުން ފުލިދުއަށް ގެންގޮސްފައިވާއިރު، އެ އެންމެންގެ ސިއްހީ ހާލަތުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން މިހާރު ދަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފެލިދޫގެ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ބޯޓުގެ ބައެއް މުދާތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން އިތުރަށް ވިދާޅުވީ، ބޯޓުން ބޭރުވި ތަކެތި އޮޔާދާނީ އިރުމައްޗަށް ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް ރޭގަނޑު ވަގުތުތަކުގައި ދަތުރުކުރާއިރު ނުހަނު ބޮޑަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވ. ފެލިދޫ ކައިރިން އަޑިއަށްދިޔަ "ޖަޒީރާ" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން