logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުން ތިބީ އެމްޑީޕީ ސަރުކާރުގެ ވަގުން ޖަލަށް ލާހިތުން ކެެތްމަދުވެފަ: އެމްޕީ މުސްތަފާ

އައިޝަތު ނަޝާ
10 ޖުލައި 2026 - 06:06
މްބަރު މުހައްމަދު މުސްތަފާ އިބްރާހިމް މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މްބަރު މުހައްމަދު މުސްތަފާ އިބްރާހިމް މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

މިދިޔަ ސަރުކާރުތަކުން ރައްޔިތުންގެ މާލިއްޔަތުން ވައްކަން ކޮށްފައިވާކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އިނގޭ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ވައްކަން ކުރި ބޭފުޅުންގެ މައްސަލަތަތައް ހުޤީގުކޮށް، އެބޭފުޅުން ޖަލަށްލާން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްެޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު މުސްތަފާ ވިދާޅުވީ،މިދިޔަ ސަރުކާރަކީ ވައްކަމުގެ އައްޑާއެއް ކަމަށާއި،އަދި ކޮރަޕްޝަނުން ފޯވެފައިވާ އޮތް ސަރުކާރެއް ކަމަށެވެ.އެހެންކަމަުން ރައްޔިތުން ބޭނުންވަނީ ހަމަ ވީހާ ވެސް އަވަހަކަށް ވައްކަން ކުރި މީހުން ހޯދާ އެމީހުންނަށް ހައްޤު އަދަބު ދިނުންކަމަށް މުސްތަފާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ ވިސްނުން މިފަދައިން ހުރި ކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ވިސްނުންފުޅު ހުންނެވީ މިފަދައިން ނޫންކަން ފާހަގަ ކުރައްވާ މެންބަރު މުސްތަފާ ވިދާޅުވީ، ބަޔަކު މީހުން ލަފުގައި ހިފާ ޖަލަށް ލުމަކީ ރައީސް މުއިއްޒު ގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެވަަޑައިގެން ކަމަށާއި،އެެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އެންމެ މުހިންމު ވެވަޑައިގަންނަވާނީ އެވައުދުތައް ރައްޔިތުނަށް ފުއްދަވައިދެއްވުން ކަމުގައި އޭނާ ވިދާޅުވިއެވެ.

"ޤަވައިދާ ހިލާފަށް ހަމަ ވަގުުތުން ވަގުތަށް ލަފުގައި ހިފައިގެން ގެންގޮސް އެންމެން ޖަލަށް ލައިގެން މީގެ ކުރީ ސަރުކާރުން ކަންތަށް ކުރި ގޮތަށް ކަން ކުރުމުގެ ވިސްނުމެއް މިސަރުކާރަކު ނެއް.ސަރުކާރަކަށް ނެއް ހަޤީގަތުގައި އެ މައްސަކަތަކުގެ ފަހަތުން ދުވެގެން،އެމީހުން ޖަލަށް ލައިގެން އަބަދު މި ސަކަރާތެއްގެތެރޭ އުޅެގެން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ހުއްޓާ ލެވޭކަށް.އެއަށް ވުރެ ޤައުމު އޮތީ މާ ދަށު ހާލަތެއްގައި.ޤައުމު ވެއްޓިފާ މިވާ އަނދަޅުން ސަލާމަތްކުރުމަށް ޓަކާ ކުރަން ޖޭހޭ މަސައްކަތް މާ ބުރަ" މެމްބަރު މުހައްމަދު މުސްތަފާ

މެމްބަރު މުސްތަފާ ގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިގެންނެވި ވައުދުތަށް ފުއްދަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި އޭގެ ވަރަށް ގިނަ ހެކިތަށް މިހާރުވެސް ރައްޔިތުންނަށް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ އަދި އުންމީދަކީ ރައީސް މުއިއްޒު ކޮށްދެއްވި ކަންކަން ރައްޔިތުން ބަލާގަނެ،ރައްޔިތުން ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިހާބު ކުރެއްވުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ތިބީ އެމްޑީޕީ ސަރުކާރުގެ ވަގުން ޖަލަށް ލާހިތުން ކެެތްމަދުވެފަ: އެމްޕީ މުސްތަފާޚަބަރު | 3 ގަޑިއިރު ކުރިން