logo
Bank of Maldives

Bank of Maldives

ޚަބަރު

ދިޔަމިގިލީގައި ސިފައިން އަޅަމުން އަންނަ ސްކޫލްގެ އާ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ރާނާ ނިންމާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖުލައި 2026 - 20:00
ދިޔަމިގިލީގައި ސިފައިން އަޅަމުން އަންނަ ސްކޫލްގެ އާ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ރާނާ ނިންމާލައިފި

ތ. ދިޔަމިގިލީގައި ސިފައިން އިމާރާތްކުރަމުންދާ ސްކޫލްގެ އާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ.

މި މަޝްރޫއަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިން ކުރިއަށްގެންދާ މަސައްކަތެކެވެ. މަސައްކަތުގެ މިހާރުގެ ތަފްސީލަށް ބަލާއިރު، ފުރަތަމަ ފަންގިފިލާގެ ފާހާނާތަކުގެ ތަޅުންއެޅުމާއި، ތަނބުތަކާއި ބެރިތަކުގެ ދާރަ ހެދުމުގެ މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މީގެ އިތުރުން، އިމާރާތުގެ ދެވަނަ ފަންގިފިލާގެ ރޭނުމުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖުމްލަ 10 ކުލާސް ރޫމް ހިމެނޭ ގޮތަށް ދެ ފަންގިފިލާއަށް ބިނާކުރާ މި އިމާރާތުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސިފައިންނާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. ސިފައިން މި މަސައްކަތާ ހަވާލުވިއިރު، މުޅި އިމާރާތުގެ ނިމިފައިވަނީ އެންމެ 30 އިންސައްތަ މަސައްކަތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން ކުރިއަށްދާ މި މަސައްކަތް ނިމުމުން، ދިޔަމިގިލީގެ ދަރިވަރުންނަށް އުނގެނުމުގެ ފަހި މާހައުލެއް ގާއިމުވެގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެއްލުނު 3 މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފިޚަބަރު | މަހެއް ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | މަހެއް ކުރިންމަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެޚަބަރު | 2 މަސް ކުރިންތިލަފުށި ގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިޚަބަރު | 2 މަސް ކުރިން