މިލަންދޫ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ "ސްޕޯޓްސް ފިއެސްޓާ 2026" ފަށައިފި
13 ޖުލައި 2026 - 11:21

މިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުން އިންތިޒާމުކޮށްގެން، މިލަންދޫގެ ހުރިހާ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ "ސްޕޯޓްސް ފިއެސްޓާ 2026" ފަށައިފިއެވެ.
މި މުބާރާތަކީ މިލަންދޫގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ސިއްހަތަކާއި ހަށިހެޔޮކަން ކުރިއެރުވުމަށާއި، ސަރުކާރުގެ "ހަށިހެޔޮ ރާއްޖެ" ސިޔާސަތު ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

Ad by Hajj Corporation
މި ފިއެސްޓާގެ ސަބަބުން ރަށުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކުވެރި މާހައުލެއްގައި ވާދަވެރި ކުޅިވަރުތަކެއް ފެނިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
މި ފިއެސްޓާގައި ރަށުގެ 8 މުއައްސަސާއަކުން ޖުމްލަ 330 ކުޅުންތެރިން ބައިވެރިވިއެވެ.
މުބާރާތުގައި ބައިވެރިވި މުއައްސަސާތަކަކ:ީ
- މިލަންދޫ ކައުންސިލްގެ އިދާރާ
- އާ.ރުޑ.ީސީ މިލަންދޫ ސައިޓް
- އެމ.ްޓ.ީސ.ީސީ މިލަންދޫ ސައިޓް
- ފެނަކަ މިލަންދޫ ބުރާންޗް
- މިލަންދޫ ސިއްހީ މަރުކަޒު
- މިލަންދޫ މެޖިސްޓްރޭޓް ކޯޓު
- މިލަންދޫ ސްކޫލް
- މިލަންދޫ ޕޮލިސް ސްޓޭޝަން
އަދި ކުޅުންތެރިން މަދު މުއައްސަސާތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން ރަށު ތެރެއިން ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލައި، ގުރުއަތުލައިގެން އެފަދަ މުއައްސަސާތަކަށް ކުޅުންތެރިން ވަނީ ބަހާލާފައެވެ. މީގެއިތުރުން ވެސް ދެޖިންސުގެ މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް ގިނަ ކުޅިވަރުތަކެއް ވަނީ ހިމަނާފައެވެ. އެ ކުޅިވަރުތަކަކީ:
ފިރިހެން: ފުޓްސަލް އަދި ރާޒުވާ
އަންހެން:ހޭމްޑްބޯލް
ދެޖިންސަށް:ބެޑްމިންޓަން، ޓޭބަލްޓެނިސް، އަދި ކެރަމް
މި މުބާރާތާ ގުޅޭގޮތުން މިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާ ހަވާލުވެހުންނެވި މިނިސްޓްރީ އޮފް ޔޫތް އެމްޕްލޮއިމެންޓް ސްޕޯޓްސް އެންޑް ފިޓްނަސްގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލީ ސަމީމް ވިދާޅުވީ، މި މުބާާރާތުގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މެދުގައި ހަރަކާތްތެރި މުޖްތަމައުއެއް ބިނާކުރުމުގެ އިތުރުން މުވައްޒަފުންގެ މެދުގައި ގުޅުންބަދަހި ކޮށް ކުޅިވަރިގެ ރޫހު އާލާކޮށް މިލަންދޫއަކީ ދުޅަހެޔޮ މުޖްތަމައުއަކަށް ހެދުން ކަމަށެވެ.
"މި މުބާރާތަށް ވަނީ މުޅިރަށުގެ ރައްޔިތުންގެ ވަރށް ބޮޑު ސަޕޯޓެއް ލިބިފައި.އެގޮތުން ޓީމުތަކަށް ސަޕޯޓް ކުރުމުގެ ގޮތުން ރަށުގެ ކުދިބޮޑު އެންމެން ވަނީ ހަމަ ކުޅިވަރު ކުޅޭ ސަރަހައްދުތަކަށް ޖަމާވެފަ.ދަ ބެސްޓް ސަޕޯޓަރސް ޓީމް ވެސް ހަމ ހޮވާގޮތަށް ހަމަޖެހިފަ ވާނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މުބާޜާތް އަންނަ އަހަރު ބާއްވާއިރު މިއަށް ވުރެ ތަފާތުކޮށް އަދި ރަނގަޅު ބަގެޓަކާ އެއްކޮށް ބޭއްވުމަށް މަސައްކަތްކުރާނަން"ސަމީމްވިދާޅުވިއެވެ.


