އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލައިފި
13 ޖުލައި 2026 - 12:19

މިއަހަރުގެ އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައި، ފޯމު ދޫކުރަަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުންބުނީ އަންނަ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައި ބާއްވާ ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލައި، ފޯމު ދޫކުރަން ފަށާފައިވާ ކަމަށެވެ.
އެޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12 ޖެހުމުގެ ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް އެޑިޕާޓްމެންޓުން މައުލޫމާތުދެއްވައެވެ.
އެޑިޕާޓްމަންޓުން އިތުރަށް ބުނީ، އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން، އިމްތިޙާނުގެ ފީތައް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، ސަރުކާރުގެ ޕޭމަންޓް ޕޯޓަލް ކަމަށްވާ ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
މި އިމްތިޙާނާ ގުޅޭ އިތުރު ތަފްޞީލާއި، އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ އިރުޝާދުތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ ލިންކް ޓްރީ ޕޭޖުން ލިބެން ހުންނާނެއެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހުރިހާ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅައި ފައިސާ ދައްކާ ނިންމުމަށް އެޑިޕާޓްމެންޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.


