logo
Bank of Maldives

Bank of Maldives

ޚަބަރު

ސޯބެ އައްޑޫބަހުރުވައިން ސުވާލުކުރުމުން، ވަޒީރު މުއްތަލިބު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފި

އައިޝަތު ނަޝާ
13 ޖުލައި 2026 - 12:39
ސޯބެ އައްޑޫބަހުރުވައިން ސުވާލުކުރުމުން، ވަޒީރު މުއްތަލިބު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފި

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުއްﷲ ސާދިޤް (ސޯބެ) އައްޑޫ ބަހުރުވައިން  އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބް އާ ސުވާލުކުރެއްވުމުން،މިނިސްޓަރު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސޯބެ މިނިސްޓަރާ ސުވާލުކުރައްވާފައި ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ސާފު ބޯފެން ނުލިބި ފެންކަނޑައިންދާ މައްސަލައާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ފެނުގެ ހިދުމަތް ދެމުން އަންނަނީ ފެނަކައިން ކަމަށާއި، ފެނަކައިން އަޅާފައިވާ ހޮޅިތަކާއި އެހެންނިހެން ގުޅުންހުރި ސާމާނުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސުވާލަށް ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުން ފެނުގެ ނިޒާމު ރަނގަޅު ކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ފެނުގެ ނިޒާމު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހަ ބޯހޯލްގެ މަސައްކަތުގެ ތެރެއިން ފަސް ބޯހޯލްގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ފެނުގެ ޑިމާންޑް ބޮޑުވެފަައިވާތީ އަނެއް ބޯހޯލްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެެއްވެވި އެވެ. މިނިސްޓަރު ވިދާޅުވީ ސޯބެ ވެސް މި މައްސަލައިގައި ކޮންމެ ވެސް ވަރަކަށް ޒިންމާ ނަގަންޖެހޭ ކަމަށެވެ.

އެގޮތުން އޭރު މަގު ހެދިއިރު ހޮޅި ނާޅާން ނިންމާފައި އޮތުމުގެ ސަބަބުން މިހާރު އަލުން ހޮޅިއަޅަންޖެހިފައިވާ ކަމަށާއި ފެނުގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ސަމާލު ކަމެއްދީގެ ކުރިޔަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެެއްވެވި އެވެ.

ސޯބެ ވަނީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރާ ވެސް އައްޑޫ ބަހުރުވައިން ސުވާލު ކުރައްވާފަ އެވެ. އެ ދުވަހު މިނިސްޓަރަށް ފަހުމު ނުވާތީ މިނިސްޓަރަށް ފަހުމުވާ ބަހުރުވަޔަކުން ސުވާލު ކުރުމަށް ރިޔާސަތުން ސޯބެއަށް އިތުރު ފުރުސަތެެއްދީފައިވެ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯބެ އައްޑޫބަހުރުވައިން ސުވާލުކުރުމުން، ވަޒީރު މުއްތަލިބު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިން