ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދިނުމަށް ނިންމައިފި
15 ޖުލައި 2026 - 09:51

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފި އެވެ.
މި އިނާމުތައް ދިނުމަށް ނިންމާފައި ވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގަ އެވެ. މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުދޭ ފަރާތްތަކަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން މިހާތަނަށް އިނާމު ނުލިބޭ ފަރާތްތަކެވެ. މިގޮތަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ފަރާތްތަކުގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށް ފަހު އެ އެފަރާތްތަކާ އިންޓަވިއުކޮށްފައިވާ ކަމަށް ވެސް ޤައުމީ އިނާމާބެހޭ ކޮމިޓީން މައުލޫމާތުދެ އެވެ.

Ad by Hajj Corporation
މީގެ ކުރިން މި އިނާމު ދެމުން އައީ ވަކި މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތައް ހޮވާލުމަށް ފަހު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާ ފަރާތްތަކަށެވެ. މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައިވާ ފަރާތްތަކުގެ ނަންތައް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމާ ގުޅިގެން އެ ބޭފުޅުންނަށް މި އިނާމު ވަނީ ދެއްވާފަ އެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުއްވައިލައްވައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު، 130 ފޯމު ހުށަހަޅައިފައި ވެއެވެ. މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ބަލައި އިންޓަރވިޔު ކުރުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު ދޭނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.


