އެވަގްރީން ޝިޕިންގްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފި
16 ޖުލައި 2026 - 12:50
.jpg&w=1920&q=75)
ދުނިޔޭގެ މަޝްހޫރު ކޮންޓެއިނަރު ލައިން "އެވަގްރީން" ގެ ޚިދުމަތް ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
މި ހިދުމަތްތައް ރާއްޖެއަށްދެނީ ގައުމީ އާގު ބޯޓު ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން މެދުވެރިކޮށެވެ.

Ad by Hajj Corporation
އެވަގްރީން ލައިން ކުންފުނީގެ ހިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށް ހިދުމަތްތައް އިފްތިތާހް ކުރުމަށް ހޮޓެލް ޖެންގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ސްޓޭޓް މިނިސްޓަރު އަބުދުލްލަތީފުއެވެ.
މިރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި، އެވަގްރީން ޝިޕިންގް އެޖެންސީ ލަންކާގެ ޕްރެޒިޑެންޓް ރިއޯ ޖެންގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފުގެ އިތުރުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ހުސެއިން ޝަފީގް އާއި ކުންފުނީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އެސް.އެސްގެ ކޮމާޝަލް އޮފިސަރު ތޯހާ މުހައްމަދު ވިދާޅުވީ، މިއީ ހަމައެކަނި އާ ޝިޕިންގް ސާވިސްއެއް ތައާރަފްކުރުން ނޫން ކަމަށާއި، މިއީ އިތުބާރާއި ގުޅިފައިވާ ވަރުގަދަ ޕާޓްނަޝިޕެއްގެ ފެށުން ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރ ލައިން ކަމަށްވާ އެވަރގްރީން އިން ރާއްޖޭގެ މާކެޓަށް ދޭ އިތުބާރަކީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވެފައި، ޓޫރިޒަމާއި އިގްތިސާދީ އެހެނިހެން ދާއިރާތައް ބާރުމިނެއްގައި ކުރިއަރަމުންދާއިރު، މިފަދަ ވަރުގަދަ ބައިނަލްއަގުވާމީ ގުޅުމެއްގެ ސަބަބުން މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ތޯހާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓްތަކުން މުދާ ގެނައުމުގައި އާ ފުރުސަތުތަކެއް ހުޅުވި، ލޮޖިސްޓިކްސް ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


