logo
Bank of Maldives

Bank of Maldives

ޚަބަރު

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަންކޮށްފި

އައިޝަތު އިނާޝާ
17 ޖުލައި 2026 - 06:33
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަންކޮށްފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަންކޮށްފިއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީއެމްޑީއޭ އިން ބުނިގޮތުގައި، މާލީ ދާއިރާ، ބޭންކިންގް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ މުހައްމަދު އަހުމަދު ސީއީއޯގެ މަގާމަށް އައްޔަންކުރެވުމަކީ އެ އޮތޯރިޓީއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭނާގެ ތަޖުރިބާއާއި އިލްމީ ގާބިލުކަމުގެ ސަބަބުން ސީއެމްޑީއޭގެ ހިންގުމަށް އިތުރު ހަރުދަނާކަމެއް ލިބިގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

އާ ސީއީއޯއާއެކު ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީކޮށް، އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ސީއެމްޑީއޭ އިން ބުނެފައިވެއެވެ.

އޮތޯރިޓީގެ މަގުސަދުތައް ހާސިލުކޮށް، ކެޕިޓަލް މާކެޓް ކުރިއެރުވުމުގައި މުހައްމަދު އަހުމަދަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށްވެސް ސީއެމްޑީއޭ ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަންކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން