logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖުލައި 2026 - 09:54
 މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ރައީސް

ދިގު މުއްދަތަކަށް ފަހު، މާލޭގެ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ޢާންމުން ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި ކަމަށެވެ. އަދި އެއަށްފަހު މަގުތައް ބަލަހައްޓަންޖެހޭ ފެންވަރަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ޚާއްޞަ ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމަކާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމުގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް ގާއިމުކުރެވޭނެއެވެ.

މީގެ އިތުރުން، މިހާރު ކުރިއަށްދާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދު އަންނަ ހަފުތާގައި ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި ސަރަޙައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށާއި، މި ބަދަލާއެކު އެތެރޭގެ މަގުތަކުގެ ޓްރެފިކަށްވެސް ލުއި ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ފިޔަވަހި ނިމުމާއެކު، އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ، އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

މަގު ފުޅާކުރުމަށް ފަޅުން ބައެއް ހިއްކި ނަމަވެސް، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ތަކުލީފެއް ނުލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އެގޮތުން މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމަށްވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ އިތުރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މާލޭގައި ދިރިއުޅޭތީ، މި ހިނދުން މި ހިނދަށް ބޭނުންވާ ޙައްލުތައް ފޯރުކޮށްދިނުމަށް މިފަދަ މަޝްރޫޢުތައް މާލެއަށް އަމާޒުކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 18 ގަޑިއިރު ކުރިންސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | ދުވަހެއް ކުރިން"އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ކުންފުންޏެއް އުފައްދަވައިފިޚަބަރު | ދުވަހެއް ކުރިން