މި ސަރުކާރު އައުމުގެ ކުރިން ތިލަފުށި އޮތީ ވައްކަމުގެ ބޮޑު ރަމްޒެއް ގޮތަށް: ޝުޖާއު
19 ޖުލައި 2026 - 06:34

މި ސަރުކާރު އައުމުގެ ކުރިން ތިލަފުށި އޮތީ ވައްކަމުގެ ބޮޑު ރަމްޒެއް ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ތިލަފުށްޓަށް ކުނި އުކާލަމުން އައީ ފައިސާނުދީ ކަމަށާއި، އޭރު ވަގަށް ކުނި އެޅި ނަމަވެސް މިހާރު ވަގަށް ކުނި އެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. މިހާރު ތިލަފުށީގެ މަގުތައް ސާފުކޮށް، ސީސީޓީވީ ކެމެރާ ބަހައްޓާ ރަނގަޅު ނިޒާމެއްގެ ތެރެއިން ވެމްކޯއިން ތިލަފުށި ބަލަހައްޓަމުން އަންނަ ކަމަށް ވެސް ޝުޖާއު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation
ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވީ ވެމްކޯއަކީ ސައްތައިން ސައްތަ ދިވެހިން އުޅޭ ކުންފުންޏެއްގެ ގޮތުގައި އޮތްއޮތުން އެމްޑީޕީ ވެރިކަމުގައި ބަދަލުކޮށް، ވެމްކޯއަކީ ބިދޭސީންގެ ކުންފުންޏަކަށް ހަދާފައިވާ ކަމަށެވެ. އަދި ވެމްކޯގެ ވެހިކަލްތައް އޭރު މަރާމާތުނުކުރުމުގެ ސަބަބުން އޭގެ ގެއްލުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ކުނިމެނޭޖްކުރުމުގެ ނަމުގައި ބޭރުގެ ޖަމިއްޔާތަކުން ފައިސާ ނަގާފައިވާ ކަމަށާއި ނަމަވެސް އޭރު ރައްޔިތުން ބޭނުންވާ ގޮތަށް ކުނިމެނޭޖުކޮށްފައިނުވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.


