logo
MPL

MPL

ޚަބަރު

ހިޔާ 8ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައިޝަތު ނަޝާއައިޝަތު ނަޝާ
19 ޖުލައި 2026 - 13:30
ހިޔާ 8ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:27 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތް ފަށައިފައެވެ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލައިފަ އެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ 19ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަދިގޭގައި ހުރި ބައެއް ސާމާނުތައް އަނދާފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުކުރެވިފައި ނުވެއެވެ. މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ބަލަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީއީޒެޑް ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުން އަތުލައިގަނެފިޚަބަރު | 15 ދުވަސް ކުރިންގެއްލުނު 3 މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފިޚަބަރު | 2 މަސް ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | 2 މަސް ކުރިންމަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެޚަބަރު | 3 މަސް ކުރިން