logo
Bank of Maldives

Bank of Maldives

ޚަބަރު

މަރާމާތަށް ފަހު މާފަންނު ފުޓްސަލް ދަނޑު ހުޅުވައިފި

އައިޝަތު އިނާޝާ
20 ޖުލައި 2026 - 07:06
މަރާމާތަށް ފަހު މާފަންނު ފުޓްސަލް ދަނޑު ހުޅުވައިފި

މަރާމާތަށް ފަހު މާފަންނު ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދަނޑު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުސްތަފާ އިބްރާހިމް އާއި، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

މި ދަނޑު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮންމެ ފުޓްސަލް ދަނޑަކީ ވެސް ގިނަ އަދަދެއްގެ ޒުވާނުން އެކި މުނާސަބުތަކުގައި ބޭނުންކުރަމުން އަންނަ ދަނޑުތަކެއް ކަމަށާއި އެހެންކަމުން މި ދަނޑުތަކަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަކީ ސަރުކާރުން މުހިންމު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

"މިފަދަ ކުޅިވަރު ދަނޑުތަކަކީ ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ މުހިންމު ބައެއް." ވަޒީރު

މި ދަނޑަކީ މާފަންނުގެ ޒުވާނުންނަށް ކުޅިވަރުގެ ތެރެއިން ކުރިއަށްދިއުމަށާއި، ހުސްވަގުތު ހެޔޮގޮތުގައި ހޭދަކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް މި ރަސްމިއްޔާތުގައި ބައިވެރިވި ޒުވާނުން ވަނީ ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރާމާތަށް ފަހު މާފަންނު ފުޓްސަލް ދަނޑު ހުޅުވައިފިޚަބަރު | 18 ގަޑިއިރު ކުރިން