logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތްތާ، އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖެއިން ލިބޭނެ: ޑރ. ޝާހު މާހިރު

އައިޝަތު އިނާޝާ
20 ޖުލައި 2026 - 11:02
ކުރިއަށް އޮތްތާ، އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖެއިން ލިބޭނެ: ޑރ. ޝާހު މާހިރު

އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހުންނަންޖެހޭ ކަމަށާއި އެ މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޝާހު މާހިރު ފާހަގަކުރެއްވި ގޮތުގައި، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ގޮންޖެހުމަކީ އެންޓިބަޔޮޓިކަށް ބަލިމަޑުކަން ހޭނުން ނުވަތަ ބޭހަށް ނުގުޑާ މައްސަލައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެންޓިބަޔޮޓިކުގެ ހުރިހާ ބާވަތްތަކެއް ރާއްޖެއިން ފަސޭހަކަމާއެކު ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފަންނީ ގިނަ މަސައްކަތްތަކެއް ބޭނުންވާ ކަމަކަށްވާތީ، ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ފުރިހަމަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ރާއްޖޭގައި ދިމާވެގެން އުޅޭ ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސްޓޭޓްފާމާއިން ކުރަމުންދާ އިތުރު މަސައްކަތުގެ ތަފްސީލުވެސް ޑރ.ޝާހު މާހިރު ހިއްސާކުރެއްވިއެވެ. އެގޮތުން، ދުރާލައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ބޭސް ގަނޑުކޮށް ގަނެ، ސްޓޮކް މަދުވުމުން ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން ނުލިބޭ ބޭސްތައް ޕްރިސްކްރިޕްޝަނަށް އޯޑަރުކުރަމުން އައި ނަމަވެސް، ކުރިޔަށް އޮތް ތަނުގައި ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭހުގެ ފޯކާސްޓެއް ހަދައި، 1 އަހަރު ނުވަތަ 2 އަހަރު ދުވަހަށް ބޭނުންވާ ވަރަށް އެތެރެކުރާނެކަމަށެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފައެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތްތާ، އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖެއިން ލިބޭނެ: ޑރ. ޝާހު މާހިރުޚަބަރު | 16 ގަޑިއިރު ކުރިން