logo
Bank of Maldives

Bank of Maldives

ޚަބަރު

އޮފީސްތަކާއި ސްކޫލަށް ދަތުރުކުރުމަށް ހާއްސަ ބަސްތަކެއް ތައާރަފު ކުރަނީ

އަޙުމަދު ރިޝާން
21 ޖުލައި 2026 - 10:58
މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އެންޑް ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް
މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އެންޑް ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް

ސްކޫލަށް ކުދިން ގެންދިއުމަށާއި އޮފީސްތަކަށް މީހުން އައުމަށް ހާއްސަ ބާސްތަކެއް ތައާރަފު ކުރުމަށް ވިސްނަމުންދާ ކަމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އެންޑް ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީގެ "މައުލޫ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާޒު ވިދާޅުވީ މިފަދަ ބަސްތަކެއް ތައާރަފު ކުރުމަށް ވިސްނުމުގެ މައިގައިނޑު ބޭނުމަކީ މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތައް ގިނަވެ، ތޮށްޖެހުމުގެ މައްސަލަ އަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. އަދި މި މަސައްކަތްތައް ކުރަމުން ދާނީ އެ މިނިސްޓްރީގެ ދަށުން އަލަށް އުފެއްދި ގްރޭޓަރ މާލޭ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް މެދުވެރިކޮށް ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިޔާޒު ވިދާޅުވީ މިގޮތަށް ތައާރަފު ކުރާ ބަސްތަކަކީ ޔަގީންކަމާ އެކު ގަޑި އަށް މީހުނަށް އޮފީހަށް އާދެވި އަދި ސްކޫލަށް ކުދިން ގެންދެވޭނެ ގޮތަށް ތައާރަފުކުރާ ހިދުމަތަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ސްކޫލަށް ކުދިން ރައްކާތެރިކަމާއެކު ގެންދެވޭނެކަމުގެ ޔަގީންކަން މި ހިދުމަތުން ލިބިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ގްރޭޓަރ މާލޭ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ މާލޭގެ މަގުތައް ތޮށްޖެހުމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގަރާރަކުން އުފައްދަވާފައިވާ އޮފީހެކެވެ. މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ އޮފީހެކެވެ. އަދި މި އޮފީސް ހިންގަމުންދަނީ ކަމާ ގުޅޭ ދާއިރާތައް އެކުވެގެން އެކުލަވާލާ ގަވަރނިންގ ބޯޑެއްގެ ދަށުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮފީސްތަކާއި ސްކޫލަށް ދަތުރުކުރުމަށް ހާއްސަ ބަސްތަކެއް ތައާރަފު ކުރަނީޚަބަރު | 5 ގަޑިއިރު ކުރިން