logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ އިތުރު 4 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

އައިޝަތު ނަޝާ
23 ޖުލައި 2026 - 11:18
 ސަރުކާރުގެ އިތުރު 4 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ދައުލަތުގެ ހިއްސާ އޮންނަ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އާ މެންބަރުން އައްޔަންކޮށްފިއެވެ.

ޕީސީބީން މިއަދު ބޯޑު މެންބަރުން އައްޔަންކުރި ހަތަރު ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ބޯޑަށް އައްޔަންކުރި ބޭފުޅުންނަކީ:

  • ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ. ޝާހީން، ޢަބްދުﷲ ޔާމީން
  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން: ގ. ބާނީ، އަޙްމަދު މާޒިން
  • ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން: ދ. ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ
  • އައިލެންޑް އޭވިއޭޝަން ސާވިސަސް: ދ. ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް

އިއްޔެ ވެސް ޕީސީބީން ވަނީ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައެވެ. އެއީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ އިތުރު 4 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފިޚަބަރު | 6 ގަޑިއިރު ކުރިން