logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު ފާމަސީތަކުގެ ބޭހުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ސެޕްޓެމްބަރު މަހު ބަލާލެވޭނެ

އައިޝަތު ނަޝާ
24 ޖުލައި 2026 - 04:27
ސަރުކާރު ފާމަސީތަކުގެ ބޭހުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ސެޕްޓެމްބަރު މަހު ބަލާލެވޭނެ

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ގާއިމުކުރާ ހާއްސަ ޕޯޓަލްއެއްގެ ސެޕްޓެމްބަރު މަސް ތެރޭގައި ލޯންޗް ކުރަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ބޭސް ފިހާރަތައް މިހާރު ވަނީ ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފަ އެވެ.

 މި ފާމަސީ މެދުވެރިކޮށް އާންމު ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ސްޓޭޓް ފާމާގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ގާއިމްކުރުމުގެ އިތުރުން، 1 އޭޕްރިލް 2026 އިން ފެށިގެން "ސްޓޭޓް ފާމާ ޕޯޓަލް" މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ހިދުމަތަށް އެދުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރު ފާމަސީތަކުގެ ބޭހުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ސެޕްޓެމްބަރު މަހު ބަލާލެވޭނެޚަބަރު | 3 ގަޑިއިރު ކުރިން