logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން, މިއީ ގުރުބާނީގެ ދުވަހެއް: ވަޒީރު ހީނާ

އައިޝަތު ނަޝާ
26 ޖުލައި 2026 - 06:34
މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން, މިއީ ގުރުބާނީގެ ދުވަހެއް: ވަޒީރު ހީނާ

މިއަދަކީ ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލްކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއް ކަމަށްށާއި،މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން ކަމަށާއި، އެއީ ގުރުބާނީގެ ދުވަހެއް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން ކަމަށާއި، އެއީ ގުރުބާނީގެ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލްކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމަކީ ހަމައެކަނި ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ އެ ބައެއްގެ ކިބައިގައި ހުންނަ ވަކި ޚާއްޞަ ސިފަތަކަކަށް ދުނިޔެ އިޢުތިރާފުވުން ކަމަށެވެ. އަދި ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށެވެ.

ޖުލައި ސައްބީހުގެ މުނާސަބަތަށް 60 އަހަރު ފުރުނު ނަމަވެސް، ދިވެހި މިނިވަންކަމަކީ ހާސް އަހަރުން ގުނޭ ދިގު ތާރީޚެއް އޮތް ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށެވެ. އަދި މާޒީގެ ހިތްދަތި ތަޖުރިބާތަކާއި މުސްތަގުބަލުގެ ހިރާސްތައް ޒުވާން ޖީލުތަކުގެ ސިކުނޑިއަށް ވާސިލްކޮށްދެވުމަކީ މިނިވަންކަން ދެމިއޮތުމުގެ ސަބަބު ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހިވަންތަކަމަކީ އަޅުގަނޑުމެން އެންމެން ގުޅުވައިދޭ ވާފަށް. އަޅުގަނޑުމެންގެ ތެރޭގައި ޚިލާފެއް ނެތް އަސާސް. އަޅުގަނޑުމެން އެންމެން ގައުމީގޮތުންވާ އެންމެ ބޮޑު އިއުތިރާފް. ޖަމާއަތެއް ގައުމީ ސިފަތަކުން ބައްޓަންވެ، ހަމަ ހިފެހެއްޓެނީ މި ގަބޫލުކުރުމާއި އިއުތިރާފުގެ ސަބަބުން. ދިވެހިވަންތަކަން ކުރިއެރުމުގެ ސިޔާސަތެއްތަންފީޒުކުރަން ޖެހިފައިވަނީ މިކަންކަން އަށަގަންނުވައި މި އަސާސްތަކުގެ އަގުމަތިވެރިކޮށް ނެގެހެއްޓުމަށް މިގައުމުގެ އަދުގެ ހާލަތު ގޮވާލާތީ. ހިތްވަރެއް ނެރެ މުލައްދަނޑިއަށް ބާރެއް ލެވޭނީ ހިތުގައި އަޒުމެއް އޮވެގެން." ވަޒީރު ހީނާ

ދިވެހިވަންތަކަން ކުރިއެރުވުމުގެ ސިޔާސަތެއް ތަންފީޒުކުރަން ޖެހިފައިވަނީ ގައުމުގެ އަދުގެ ހާލަތު އެކަމަށް ގޮވާލާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސިޔާސަތުގެ މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ގައުމާ މެދު އަޒުމާއި ހަގީގަތް އަށަގަންނުވައި އެކަން ދެމެހެއްޓުން ކަމަށް ވަޒީރު ހީނާ ފާހަގަކުރެއްވިއެވެ. ޤައުމިއްޔަތަށް އޭގެ ޙައްޤު މަޤާމު ހޯދައިދިނުމަކީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ގަބޫލުކޮށްގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން, މިއީ ގުރުބާނީގެ ދުވަހެއް: ވަޒީރު ހީނާޚަބަރު | 7 ގަޑިއިރު ކުރިން