logo
Bank of Maldives

Bank of Maldives

ޚަބަރު

މަދަނީ ދިފާއީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިއްމު ސިޔާސަތެއް: މޭޖަ ޖެނަރަލް ހިލްމީ

އަޙުމަދު ރިޝާން
27 ޖުލައި 2026 - 07:15
މަދަނީ ދިފާއީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިއްމު ސިޔާސަތެއް: މޭޖަ ޖެނަރަލް ހިލްމީ

މަދަނީ ދިފާއީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.

ހިލްމީ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އެ އިމާރާތް ނިންމުމަށް ޖަޕާނު ސަރުކާރުން ކަނޑައެޅި ފަންޑު މަދުވާތީ ދިވެހި ސަރުކާރުން ބަޖެޓްގައި ހިމަނައިގެން މި އަހަރު މި އިމާރާތް ނިންމުމަށް ފައިސާ ދީފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިމާރާތުގެ ސަބަބުން ސިފައިންގެ ހިދުމަތުގައި ޒަމާނީ ވަސީލަތްތައް އިތުރުވެ، ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް ހިލްމީ ވިދާޅުވި އެވެ. މޭޖަ ޖެނަރަލް ހިލްމީ ވިދާޅުވީ ސިފައިންގެ ވަސީލަތްތައް ފުރިހަމަ ކުރުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެކަމަށް ބޭނުންވާ ސިފައިން ހިދުމަތުގައި އިތުރު ކޮށްދެއްވާފައިވާ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދަނީ ދިފާއީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިއްމު ސިޔާސަތެއް: މޭޖަ ޖެނަރަލް ހިލްމީޚަބަރު | ގަޑިއިރެއް ކުރިން