logoEN
ކުޅިވަރު

ކްލަބް މޯލްޑިވްސްގެ ފޯރިގަދަ ފައިނަލް މިރޭ!

ކްލަބް މޯލްޑިވްސްގެ ފައިނަލުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިން  -- ކުޅުންތެރިންގެ ފޮޓޯ/ ސިޑިބަރި، -  މެންދުރު ގްރެފިކްސް

ކްލަބް މޯލްޑިވްސްގެ ފައިނަލުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިން -- ކުޅުންތެރިންގެ ފޮޓޯ/ ސިޑިބަރި، - މެންދުރު ގްރެފިކްސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

18 އޮކްޓޯބަރު 2024 - 06:08

ކްލަބް މޯލްޑިވްސް ފައިނަަލް މިރޭ އޮންނާނެއެވެ.

ރާއްޖޭގެ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލް މިރޭ ކުޅެނީ، ހުޅުމާލެ ރެހެންދި ޓާފުގައެވެ. އެ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އަދި މިދިޔަ އަހަރުގެ ރަނަރަޕްކަން ހޯދި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އެވެ.

އެގޮތުން މިިދިޔަ އަހަރުގެ ޗެމްޕިއަނުން ކަމުގައިވާ ވެމްކޯ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް ތިން ލަނޑު، ދެ ލަނޑުން ކުރި ހޯދައިގެންނެވެ. އަދި، މިދިޔަ އަހަރުގެ ރަނަރަޕް އާރްއާރްސީން ފައިނަލަށް ދަތުރުކުރީ އެމްޕީއެލްގެ މައްޗަށް ފެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ފޯރިގަދަ އެ މެޗު އޮންނާނީ މިރޭ 8:30 ގައެވެ.

ކޮމެންޓް

871x217_placeholder