logo
Bank of Maldives

Bank of Maldives

ޚަބަރު

އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އޮސްޓްރޭލިއާ އާ އެކު މަޝްވަރާ ކޮށްފި

އަޙުމަދު ރިޝާން
30 ޖުލައި 2026 - 06:30
އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އޮސްޓްރޭލިއާ އާ އެކު މަޝްވަރާ ކޮށްފި

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ބާއްވާ "މޯލްޑިވްސް–އޮސްޓްރޭލިއާ ސީނިއާ އޮފިޝަލްސް ޓޯކްސް" ގެ ތިންވަނަ ބައްދަލުވުން ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީން ތަމްސީލުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް މިމްރާހު އެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މިމްރާހު ވަނީ، އޮސްޓްރޭލިއާއާއެކު އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ފުންކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ފަންނީ އެހީތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން ނުވަތަ ކެޕޭސިޓީ ބިލްޑިންގްގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވެވި އެވެ. މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މިމްރާހު އަލިއަޅުއްވާލެއްވި އެވެ.

ސްޓޭޓް މިނިސްޓަރ މިމްރާހު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ ދެ ގައުމުގެ ހިއްސާވާ އިސްކަންދޭ ކަންކަމުގައި ކުރިއެރުންތައް ހޯދައި، މުސްތަގުބަލުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ކެތްތެރި އަދި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުން ކަމަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އޮސްޓްރޭލިއާ އާ އެކު މަޝްވަރާ ކޮށްފިޚަބަރު | ގަޑިއިރެއް ކުރިން