އައިޑީއެސްގެ ބޯޑަށް ނަޒުލީނާ އައްޔަނުކޮށްފި
30 ޖުލައި 2026 - 10:00

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، މަރްޔަމް ނަޒުލީނާ، އައްޔަނުކޮށްފިއެވެ.
ޕީ.ސީ.ބީ ވަނީ, ދަފްތަރު ނަންބަރ ރސ 8557، އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، މަރްޔަމް ނަޒުލީނާ، މިއަދު އައްޔަންކުރައްވާފައިވާކަން ހާމަކޮށްފައެވެ.

Ad by Hajj Corporation
މަރިޔަމް ނަޒްލީނާއަކީ ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ، ފައިނޭންސް އަދި ޕަބްލިކް ސެކްޓަރ އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅެކެވެ.
އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއަރ އައި.އެފް.އެމް.އައި.އެސް (IFMIS) ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ. ސެޕް (SAP) ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ނަޒްލީނާ ވަނީ، ސެޕް އެފް.އައި (SAP FI) ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރައްވާފައެވެ.
މީގެ އިތުރުން، އޭނާ ވަނީ ފައިނޭންޝަލް ރިޕޯޓިންގ ޓީމުތައް އިސްވެ ބަލަހައްޓަވައި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓަރ ކުރުމުގެ މަސައްކަތްތަކުގައާއި، އައި.ޕީ.އެސް.އޭ.އެސް (IPSAS) އަދި އެކްރޫއަލް އެކައުންޓިންގ އިސްލާހީ މަސައްކަތްތަކުގައި މުހިންމު ހިއްސާއެއް ވެވަޑައިގަންނަވާފައެވެ.
މަރިޔަމް ނަޒްލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލްކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ.


