logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ސައީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހަޖަމުނުވެގެން، މައްސަލަ ފެއިލްކޮށްލާނަން: ޝުޖާއު

އައިޝަތު ނަޝާ
1 އޯގަސްޓު 2026 - 10:27
އެމްޑީޕީން ސައީދުގެ މައްސަލަ ހުށަހެޅީ ހަޖަމުނުވެގެން، މައްސަލަ ފެއިލްކޮށްލާނަން: ޝުޖާއު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ހުށަހެޅީ ހަޖަމު ނުވެގެން ކަމަށާއި އެ މައްސަލަ މަޖިލީހުން ފެއިލްކޮށްލާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުން ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާއި ގުޅިގެން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ސައީދުގެ އިތުބާރު ބެތް ކަމަށް އެމްޑީޕީން ގަބޫލުކުުރަނީ، އެމްޑީޕީގެ ވެރިކަމުގައި ނުހެދުނު އެތައް ފްރީ ޓްރޭޑް އެގްރީމެންޓެއް އަވަށްޓެރި ގައުމުތަކާއެކު ހެދި ރައީސް، ޑރ. މުހައްމަދު މުުއިއްޒުގެ ވިޔަފާރީގެ ފަހި ސިޔާސަތުގެ ދަށުން ހަދާފައިވާތީ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެ އެގްރީމެންޓްތަކުގެ ދަށުން އެތައް ފައިދާއެއް ލިބޭތީ އެމްޑީޕީއަށް ހަޖަމުނުވީ ކަމަށް ވެސް ޝުޖާއު ސިފަކުރެއްވެވި އެވެ.

 

 

View post on Twitter

 

ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ހިލާފުވެ، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ ކަމަށް ބުނެ އެވެ. އަދ ިއިގުތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވުން ހިމެނެ އެވެ.

މީގެ އިތުރުން ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ސައީދުގެ މައްސަލަ ހުށަހެޅީ ހަޖަމުނުވެގެން، މައްސަލަ ފެއިލްކޮށްލާނަން: ޝުޖާއުޚަބަރު | 3 ގަޑިއިރު ކުރިން