logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ރަށެއްގައި ހޭންޑްބޯޅަ ކޯޓު ކޯޓު އަޅަން މެގަލިންކްސްއާ ހަވާލުކޮށްފި

އައިޝަތު އިނާޝާ
2 އޯގަސްޓު 2026 - 13:02
ތިން ރަށެއްގައި ހޭންޑްބޯޅަ ކޯޓު ކޯޓު އަޅަން މެގަލިންކްސްއާ ހަވާލުކޮށްފި

ރާއްޖޭގެ ތިން ރަށެއްގައި ހޭންޑްބޯޅަ ކޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުންތަކުގެ ދަށުން ހޭންޑްބޯޅަ ކޯޓު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ބ. ކުޑަރިކިލު، އއ. މަތިވެރި، އަދި ހއ. ފިއްލަދޫ އެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒް އަދި ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ރަމީޒް އެވެ.

މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރު އެވެ.

މި މަޝްރޫއުތަކަކީ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތްތަކެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ރަށެއްގައި ހޭންޑްބޯޅަ ކޯޓު ކޯޓު އަޅަން މެގަލިންކްސްއާ ހަވާލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިން