logo
Bank of Maldives

Bank of Maldives

ޚަބަރު

45 އަހަރު ކުރިން ހުވަދޫ ކަނޑަށް ގެއްލުނު މީހަކު ދުނިޔޭގައި ހުރިތޯ ބަލަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޯގަސްޓު 2026 - 17:04
ގެމަނަފުށި މ. ކޯޓު، ފޮޓޯ: އައިޝަތު މޫނިސާ
ގެމަނަފުށި މ. ކޯޓު، ފޮޓޯ: އައިޝަތު މޫނިސާ

މީގެ 45 އަހަރު ކުރިން ހުވަދޫ ކަނޑަށް ގެއްލިފައިވާ ގއ. ދިޔަދޫ، ތަނޑިރަންމާގެ، ޙަސަން މުޙައްމަދު ދުނިޔޭގައި ހުރިތޯ ބެލުމަށް ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އިޢުލާންކޮށްފިއެވެ.

މި އިޢުލާނަކީ އޭނާގެ މަރު ސާބިތުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކުރި އިޢުލާނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާގެ މަރު ސާބިތުކުރުމުގެ މައްސަލާގައި ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ޢިއުލާންގައި ބުނެފައިވަނީ ޙަސަން މުޙައްމަދާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ކުރިން އެ ކޯޓަށް އެންގުމަށް އެދޭ ކަމަށެވެ. މި މައްސަލައަކީ ގިނަ އަހަރުތަކެއް ވަންދެން ޚަބަރެއް ނުވެ ގެއްލިފައިވާ މީހެއްގެ ޤާނޫނީ ހާލަތު ކަނޑައެޅުމަށް ކުރިއަށްގެންދާ މައްސަލައެކެވެ.

ޙަސަން މުޙައްމަދު ނިސްބަތްވާ ގއ. ދިޔަދޫއަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ނަމަވެސް، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު އެ ރަށް ވަނީ ފަޅުވެފައެވެ. ސުނާމީގައި ލިބުނު ގެއްލުންތަކާ ގުޅިގެން އެ ރަށުގެ މީހުން ވަނީ ގެމަނަފުއްޓާއި، ކޮނޑޭ އަދި ލ. ގަމަށް ބަދަލުކޮށްފައެވެ.

ކޯޓުން މިފަދަ އިޢުލާނެއް ކުރަނީ އާންމުކޮށް މީހަކު ގެއްލިގެން ގިނަ ދުވަސްތަކެއް ވުމުން، ވާރިސުންގެ މެދުގައި މުދާ ބެހުމަށާއި އެހެނިހެން ޤާނޫނީ ކަންކަން ފުރިހަމަކުރުމަށްޓަކައި އެ މީހަކީ މަރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިޖުރާއަތްތައް ފުރިހަމަކުރުމުގެ ގޮތުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

45 އަހަރު ކުރިން ހުވަދޫ ކަނޑަށް ގެއްލުނު މީހަކު ދުނިޔޭގައި ހުރިތޯ ބަލަނީޚަބަރު | ގަޑިއިރެއް ކުރިންކުރީގެ ނައިބުރައީސް ޖިހާދުގެ މައްސަލަ މުރާޖައާކުރުމަށް ހުށަހަޅައިފިޚަބަރު | 2 އަހަރު ކުރިން