logo
Bank of Maldives

Bank of Maldives

ޚަބަރު

ކުންފުނިތަކަށް ގެންނަ ބަދަލާ އެކު މަސްދޯނި ފަހަރުގައި ބިދޭސީންގެ ބަދަލުގައި އުޅޭނީ ދިވެހި ޒުވާނުން: ޝުޖާއު

އައިޝަތު ނަޝާ
3 އޯގަސްޓު 2026 - 08:16
ކުންފުނިތަކަށް ގެންނަ ބަދަލާ އެކު މަސްދޯނި ފަހަރުގައި ބިދޭސީންގެ ބަދަލުގައި އުޅޭނީ ދިވެހި ޒުވާނުން: ޝުޖާއު

ސަރުކާރުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމަށް ގެންނަ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ކުންފުނިތައް ވެގެންދާނީ ރޫފަ ރަނގަޅު ކުންފުނިތަކަކަށް ކަމަށާއި،އަދި އޭރުން ރާއްޖޭގެ މަސްދޯނިފަހަރުގައި ދެން ބިދޭސީންގެ ބަދަލުގައި އުޅޭނީ ދިވެހި ޒުވާނުން ކަމަށް ބާރަށުދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނަށް އިސްލާހު ގެނައުމާ ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ބަހުސް ކުރައްވަމުން މެމްބަރު ސުޖާއު ވިދާޅުވީ ، މުވައްޒަފުން ގިނައިން ނެގުމާއި، އަދި ފީނި ފީންޏަށް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގެ ސަޤާފަތް ފެށިގެން އައީ،އެމްޑީޕީގެ ތެރޭގެ ބާރުވެރިކަން ހޯދުމަށްޓަކާ ދެ ފެކްޝަނެއްގެ ތެރޭގައި ފެށި ހަނގުރާމައެއްގެ ތެރެއިން ކަމަށެވެ. އަދި އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ވެގެންދިޔައީ ކުންފުނިތައް ހަލާކު ކޮށްލުމަށްޓަކާ ލިބިގެން ދިޔަ އީދަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ޝުޖާއު ވިދާޅުވީ،ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާ ހަމައަށް ރާއްޖޭގެ ވެރިކަން ވާސިލްވިއިރު ފެނަކަ އޮތީ 4 ބިލިއަން ރުފިޔާ އިން ދަރަނިވެރިވެފައި ކަމަށާއި، އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި މީގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ދަރަނި ހަލާސްކޮށްފައިވާ ކަމަށެވެ.

"މި ސިސްޓަމް ހަލާކުކުރި ކޮންމެފަހަރަކު ހަލާކުކޮށްފަ މިއޮތީ އެމްޑީޕީގެ ނޭއްގާނީ އަމަލުތަކުގެ ސަބަބުން. މީ ލެޕްޓޮޕަކާ ފަޅުރަށަކުން ޤައުމު ހިންގަން އައި ބައެއް. ރައްޔިތުންގެ ފައިސާ ކާއިރު ކޮންމެވެސް ވަރަކަށް ބަލައިލަން ޖެހޭނެ" މެމްބަރު ސުޖާއު

ޕީސީބީ އަކީ ކުންފުނިތައް ހިންގާ ނުހިނގާ ގޮތް ބެލުމަށް އުފައްދާފައިވާ މުއައްސަސާއެއް ކަން ފާހަގަ ކުރަމުން ޝުޖާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ޕީސީބީ އިން ދީފައިވާ ރިކޮމެންޑޭޝަން ވަނީ ބޮލާލާ ޖަހާފައިކަމަށެވެ. އަދި މިސަރުކާރުގެ ތަފާތަކީ ޕީސީބީއިން ދައްކާ ވާހަކަ ދައުލަތުގެ ކުންފުނިތަކުން އަޑު އެހެހުން ކަމަށާއި، އަދި ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރަނީ އެ މޭރުމުން ކަމަށް ވެސް ޝުޖާއު ފާހަގަ ކުރެެއްވެވި އެވެ.

ކުންފުނިތަކުގެ ބޯޑުތަކަށް ރައީސް މުއިއްޒު ފައިނޭންޝަލް ދާއިރާގެ މެމްބަރުން އައްޔަންކުރައްވަނީ ކުރީ ސަރުކާރުކަތުން ހިންގާފައިވާ ފަދަ ކަންކަން ތަކުރާރުވިޔަ ނުދޭންކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުންފުނިތަކަށް ގެންނަ ބަދަލާ އެކު މަސްދޯނި ފަހަރުގައި ބިދޭސީންގެ ބަދަލުގައި އުޅޭނީ ދިވެހި ޒުވާނުން: ޝުޖާއުޚަބަރު | 5 ގަޑިއިރު ކުރިން