logo
Bank of Maldives

Bank of Maldives

ޚަބަރު

އާދަމް ޝަރީފް ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރަށް އަރުވައިފި

އައިޝަތު އިނާޝާ
5 އޯގަސްޓު 2026 - 06:10
އާދަމް ޝަރީފް ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރަށް އަރުވައިފި

ރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާދަމް ޝަރީފު ޢުމަރު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޤަޠަރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އަށް މިއަދު ހެނދުނު އަރުވައިފިއެވެ.

ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ބޭއްވުނު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު އާދަމް ޝަރީފު ޢުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ޤަޠަރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އަށާއި، ޤަތަރުގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ރާއްޖެ އާ ޤަޠަރާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކަށް ޤަޠަރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަންދެއްވައި، ދެ ޤައުމުގެ ދެމެދު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޤަޠަރު އަމީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު އާދަމް ޝަރީފު ޢުމަރަށް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭއިން ޤަޠަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙްސީން ބައިވެރިވެވަޑައިގަތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާދަމް ޝަރީފް ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރަށް އަރުވައިފިޚަބަރު | ގަޑިއިރެއް ކުރިން