އެމްޕީއެލް އިން ރަސްފަންނުގައި ހެދި ފާހާނާބަރި ނިންމައިފި
5 އޯގަސްޓު 2026 - 07:58

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނުގައި ހަދާފައިވާ ފާޚާނާބަރި ނިންމައި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ހަވާލުކޮށްފިއެވެ.
ރަސްފަންނުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ފާޚާނާބަރި ރަސްމީކޮށް ހަވާލުކުރެއްވީ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު މުއީނެވެ. އެ ވުޒާރާގެ ފަރާތުން ފާޚާނާބަރިއާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ.

Ad by Hajj Corporation
އެ ކުންފުނިން ބުނީ، މިމަޝްރޫއަކީ އެ ވުޒާރާގެ އެދިވަޑައިގަތުމަކަށް އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ.
މިގޮތުން އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ މުވައްޒަފުން ޑިޒައިންކޮށްފައިވާ ފާހަނާބަރި ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ. ދެ ފާހާނާއާއި ފެންވަރާ ތަނެއް ހިމެނޭ ގޮތަށް ފާހާނާބަރި ހަދާފައިވަނީ ވީލްޗެއަރގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.
އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަންކަމުގައި ބައިވެރިވުމަކީ މިކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.


