logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިސްޓަރު ޝިޔާމް ނޮޅިވަރަމް ކައުންސިލާއި ބައްދަލު ކުރައްވައިފި

އައިޝަތު އިނާޝާ
7 އޯގަސްޓު 2026 - 12:37
މިނިސްޓަރު ޝިޔާމް ނޮޅިވަރަމް ކައުންސިލާއި ބައްދަލު ކުރައްވައިފި

ހއ، ހދ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ނޮޅިވަރަމް ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން، އެރަށުގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ވަނީ މިނިސްޓަރާއި ވަނީ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އަދި، ފުޑް ސެކިއުރިޓީ ގާއިމުކުރުމުގައި ހުރި ގޮންޖެހުންތައް ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލު ކުރެއްވުމުގެ ތެރެއިން ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި، ބޭނުންވާ ޕެސްޓްސައިޑް ނޮޅިވަރަމް ކައުންސިލަށް ވަނީ ހަދިޔާކުރައްވާފައެވެ.

ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި، އިތުރުން އެރަށުގެ ގައި ގާއިމްކުރާ އެގްރިކަލްޗާ ޕްރޮޖެކްޓް ގެ ސައިޓަށް ވަޑައިގެން މަސައްކަތްތައް ހިނގާގޮތްވެސް މިނިސްޓަރު ޝިޔާމް ވަނީ ބައްލަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިސްޓަރު ޝިޔާމް ނޮޅިވަރަމް ކައުންސިލާއި ބައްދަލު ކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިން