logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ނަޝާ
10 އޯގަސްޓު 2026 - 11:53
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން "ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު"ގެ މައްޗަށް ދިރާސާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ދެން ސޮއިކުރެވިފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކުރިއަށް ގެންދާ "ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ"ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަޤްފު ފަންޑު ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގައެވެ.

މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުކާއު ޢަބްދުލް ޙަކީމްއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15އަށް ހަމަވާނެޚަބަރު | މަހެއް ކުރިންހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންޙައްޖުވެރިންނަަށް ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފިޚަބަރު | 3 މަސް ކުރިން