logo
MPL

MPL

ޚަބަރު

ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޯގަސްޓު 2026 - 04:42
ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް މުޢިއްޒު އާއި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު މިއަދު އުތީމަށް ކުރަށްވާ މި ދަތުރުފުޅަކީ އެރަށުގައި މިއަދު އޮންނަ މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ކުރަށްވާ ދަތުރުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ރައީސް އެރަށަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންވާފައިވާއިރު، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، އުއްތަމަފަނޑިޔާރު އަބުދުލްޣަނީ މުޙައްމަދާއި އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އަދި އުތީމުގެ ވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުންނެވެ.

ރައީސް އެރަށަށް ވަޑައިގެންދެވުމަށްފަހު އެމަނިކުފާނު ޢިއުލާން ކުރަށްވާފައިވާ ޣާޒީ ބަންޑާރައިންގެ ތަރިކަ ދިރުވާއާލާކުރުމުގެ މަޝްރޫޢުގެ ފެއްޓެވުމުގެގޮތުން ފުރަތަމަ މަޝްރޫޢޫއެއްގެ ގޮތުގައި ނިންމެވި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރަސްމީކޮށް ހުޅުއްވާދެއްވާފައެވެ. އުތީމު ބަނދަރުގައި ހަދާފައިވާ މި ދޮރާއްޓަކީ އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި އަދި ދަންޑަހެލުގެ ގައުމީ ޖިހާދު ރަމްޒުކޮށްދޭ ބިނާއެކެވެ.

މިއަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދޭނީ ތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ ފެށޭނީ ހެނދުނު 10:00 ގައެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށާއި، އެއް ކުންފުންޏަކަށެވެ. އަދި  ޚިދުމަތުގެ ޤައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ނިންމަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންއަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރު: ރައިސްޚަބަރު | 19 ގަޑިއިރު ކުރިންޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | ދުވަހެއް ކުރިންއެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ދިވެހި ޤައުމިއްޔަތުގެ ރޫޙު ހިފެހެއްޓުމަށް ރައީސް ގޮވައިލަށްވައިފިޚަބަރު | ދުވަހެއް ކުރިން