އަންހެން ކުދިން ސެޓެލައިޓް އުފައްދާ އެންމެ ބޮޑު މިޝަންގައި ދިވެހި ކުއްޖެއް
16 އޯގަސްޓު 2026 - 04:37

ދުނިޔޭގެ ފުރަތަމަ އަންހެން ކުދިންގެ ލޫނާ ސެޓެލައިޓް މިޝަން ކަމަށްވާ "މިޝަން ޝަކްތީ ސެޓް" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އަންހެން ކުއްޖަކަށް އާމިނަތު ނޯޔާ ސަމީހު ހޮވިއްޖެ އެވެ.
"ސްޕޭސް ކިޑްސް އިންޑިއާ" ގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މި ޕޮރޮޖެކްޓަކީ ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން ދުނިޔޭގައި ހިންގާ ފުރަތަމަ ހަނދު ސެޓެލައިޓް ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގައި 108 ގައުމަކުން އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ 12،000 އަންހެން ކުދިން އެކުގައި މަސައްކަތްކުރާނެ އެވެ.

Ad by Hajj Corporation
މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި އޮންލައިންކޮށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ އިތުރުން ސެޓެލައިޓް އިންޖިނިއަރިންގެ އަމަލީ ތަޖުރިބާ ވަނީ ކުދިންނަށް ދީފަ އެވެ. އަދި ޓެކްނޮލޮޖީ އެއްކޮށްލުމުގެ މަސައްކަތް ކުރާ ދެވަނަ ފިޔަވަހި ކުރިއަށްދާނީ އޯގަސްޓް މަހުގެ 23 އިން 31 ގައި އިންޑިއާގެ ގްރޭޓާ ނޮއިޑާގައި ހުންނަ ޔުނިވަސިޓީގައެވެ. މި ތަމްރީނުތަކަކީ އޮންލައިންކޮށް އުނގެނުމުގެ މަރުހަލާއަށްފ ަހު، ސެޓެލައިޓްގެ ބައިތައް އަމަލީގޮތުން ގުޅުވައިލުމާއި، އޭގައި ހިމެނޭ މުހިންމު އާލާތްތައް ފަރުމާކުރުމާއި، މިޝަންއަށް ފުރިހަމައަށް ތައްޔާރުވުމުގެ އަމަލީ މަސައްކަތްތަކެކެވެ.
ވިމެން އިން މެނޭޖްމެންޓުން ބުނެފައިވާގޮތުގައި ނޯޔާއަކީ ސައިންސާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ދާއިރާއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓާ ކުއްޖެކެވެ. އަދި ކޮމްޕިއުޓަރު ސައިންސްގެ ދާއިރާއިން ކުރިއަށް ގޮސް، އައު އީޖާދުތަކާއި އުފެއްދުންތެރި ހިޔާލުތަކުގެ އެހީގައި މުޖުތަމައުއަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރުމަކީ އޭނާގެ އުންމީދެކެވެ.
މި މިޝަން ހިންގާ "ސްޕޭސް ކިޑްސް އިންޑިއާ" އަކީ ސެޓެލައިޓާއި ރޮކެޓް ޑިޒައިންކޮށް އުފައްދާ އެއިރޯސްޕޭސް ސްޓާޓްއަޕެއް ކަމަށްވާއިރު، މިއީ 19 ބެލޫން ސެޓެލައިޓާއި، 3 ސަބް އޯބިޓަލް ސެޓެލައިޓް އަދި 5 އޯބިޓަލް ސެޓެލައިޓް ލޯންޗްކޮށްފައިވާ ހަމައެކަނި ޖަމިއްޔާ އެވެ.

-01.jpg&w=3840&q=75)
