logo
MPL

MPL

ޚަބަރު

ގައުމީ ދުވަސް ފާހަގަ ކުރުމުގައި އެންމެ މުހިއްމީ މުހައްމަދު ތަކުރުފާނުގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުން: އަބްދުއްރަހީމް

އައިޝަތު ނަޝާ
16 އޯގަސްޓު 2026 - 10:08
ގައުމީ ދުވަސް ފާހަގަ ކުރުމުގައި އެންމެ މުހިއްމީ މުހައްމަދު ތަކުރުފާނުގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުން: އަބްދުއްރަހީމް

ގައުމީ ދުވަސް ފާހަގަކުރާއިރު ވިސްނަންވާނީ މުޙައްމަދު ތަކުރުފާނު ހިންގެވި މަގުން ހިނގާންވީ ގޮތާމެދު ކަމަށާއި އެމަނިކުފާނުގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. ބާރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ޤައުމީ ދުވަސް ފާހަގަކުރަން ޤައުމީ ހެދުން ލައިގެން ހަމައެކަނި ކުޅިވަރުކުޅޭ ނަމަ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި މާޒީން އިބްރަތް ހާސިލް ކުރަން ޖެހޭ ކަަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާރާއި ބާރު އަދި ހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް ނަމަވެސް ބޮޑުތަކުރުފާނު ޤައުމާއި ދީނުގެ ޙައްގުގައި ކުރެއްވި މަތިވެރި ޖިހާދުން ދައްކުވައިދެނީ އެމަނިކުފާނުގެ ހިތުގެ ވިންދަކީ ޤައުމީ ވިންދު ކަމަށާއި އެމަނިކުފާނަކީ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތުވެފައިވާ ދަރިއެއްކަން ކަމަށް އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. އަދި މުހައްމަދު ތަކުރުފާނުގެ މި އަމަލުތަކުން އަދުގެ ދަރިވަރުން ނަމޫނާ ނަގަންޖެހޭ ކަމަށް ވެސް ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"މުހައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިންގެ އިތުރުންވެސް ޤައުމުގެ ހައްގުގައި ގުރުބާންވި އެތައް ދިވެހި ދަރިންތަކެއް އެބަތިބި. އެ ބޭފުޅުންގެ ހަނދާންތައް އައުކުރަން ޖެހޭ. އަދި ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށް ވާންވާނީ އިއްޔެއިން ފިލާވަޅު ނަގައިގެން މާދަމާ ބިނާކުރުން.އަދި ބޮޑުތަކުރުފާނު އަމަލުކުރެއްވީ އެގޮތަށް،"

އަބްދުއްރަހީމް ވިދާޅުވީ، މުހައްމަދު ތަކުރުފާނު އަމިއްލަ މަސްލަހަތާއި އަމިއްލަ ކުރިއެރުމުގެ ބަދަލުގައި މުޅި ޤައުމުގެ މަސްލަހަތާއި މުޅި ޤައުމުގެ މަންފާ ކުރިއަށް ނެރުއްވި ނެރުއްވުން އެއީ މިއަދުގެ ދަރިން އިބްރަތް ލިބިގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ޖިހާދީ އިލްހާމުން އަޅުގަނޑުމެން ހާސިލްކުރަންވީ އެތަކުރުފާނުގެ އެ ޖިހާދުގެ ފިލާވަޅުތަކުން މާދަމާގެ މުސްތަގުބަލު އުޖާލާކުރަން ކަމަަށް ވެސް އަބްދުއްރަހީމް ފާހަގަ ކުރެއްވެވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ދުވަސް ފާހަގަ ކުރުމުގައި އެންމެ މުހިއްމީ މުހައްމަދު ތަކުރުފާނުގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުން: އަބްދުއްރަހީމްޚަބަރު | 2 ގަޑިއިރު ކުރިން