މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އިތުރު 10 ޒޯން ކަނޑައަޅައިފި
18 އޯގަސްޓު 2026 - 10:10

ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އެކަމަށް ހާއްސަ އިތުރު 10 ޒޯން ކަނޑައަޅައިފައި ވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މެރިކަލްޗަރގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އިތުރު 10 ސަރަހައްދެއް މިހާރު މިވަނީ ކަނޑައަޅާފައެވެ.މިއާއި އެކު ޖުމްލަ 15 ސަރަހައްދެއް މެރިކަލްޗަރއަށް މިވަނީ ކަނޑައަޅާފައެވެ.

Ad by Hajj Corporation
އަލަށް ކަނޑައެޅި 10 ސަރަހައްދުތަކަކީ:
ތ. އަތޮޅު 2 ސަރަހައްދު
މ. އަތޮޅު 3 ސަރަހައްދު
ފ. އަތޮޅު 2 ސަރަހައްދު
ދ. އަތޮޅު 2 ސަރަހައްދު
ގއ. އަތޮޅު 1 ސަރަހައްދު
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން މެރިކަލްޗަރ އިންޑަސްޓްރީއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ފަށާފައެވެ. މިނިސްޓްރީން ބުނީ މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މިހާ ބޮޑު އިސްކަމެއް ދިނުމުން، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

-01.jpg&w=3840&q=75)
