logo
MPL

MPL

ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށް އޭއައި ބޭނުންކުރަނީ

އައިޝަތު ނަޝާ
19 އޯގަސްޓު 2026 - 12:35
ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށް އޭއައި ބޭނުންކުރަނީ

‏މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެންޑީއޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހުމުނާމާގައި ވަނީ ‏މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑޭޓާ ސައިންސް ބޭނުންކުރުމާ ގުޅޭގޮތުންނާއި އަދި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމާފައެވެ.

މި ފަހުމުނާމާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އޭއައި ބޭނުންކޮށްގެން ހައްލުތައް ހޯދުމާއި، ދިރާސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީނު ދިނުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.

މި މަޝްރޫއުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

މިއަދު ސޮއިކުރި މި ފަހުމުނާމާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އެޖެންސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ ކުރިއަށް އޮތްތަނުގަ މަސައްކަތް ކުރައްވާނީ މި މަސައްކަތުގެ ތެރެއިން ދިވެހިންނާ ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ހޯދުމާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެންޑީއޭއިން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުން ކަމަށެވެ.

މިދެންނެވީ ނަފްސާނީ ސިއްހަތާ ގުޅުން ހުރި ކަންތައްތަކަކީ އިތުރު އެހެން މީހަކާ ވާހަކަ ދައްކަންވީމަ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ. އެ ޗެލެންޖުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެސެސްމެންޓް ހެދުމާއި، އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ހޯދުން. އަބްދުﷲ ފަސީހް

މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށް އޭއައި ބޭނުންކުރަނީޚަބަރު | ގަޑިއިރެއް ކުރިން