logo
MPL

MPL

ޚަބަރު

އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އައިޝަތު ނަޝާ
19 އޯގަސްޓު 2026 - 14:45
އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ނިންމާފައިވާ އެވޯޑެކެވެ.

ބިނާރާ އުމްރާނީ ތަަރައްޤީއާއި ބެހޭ ވުޒާރާއިން މި އެވޯޑަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަފުތާއަކުން އިތުރުކޮށް، މިމަހުގެ 27 ވަނަ ދުވަހުގެ 14:00 އާ ހަމައަށް، ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި އެވޯޑަށް ކުރިމަތިލާން އެދި ހުށަހެޅުމަށް ބިނާރާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

އަދި އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޤުރާރު ލިންކް https://awards.infrastructure.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އިންޖިނޭރުންގެ އެވޯޑުގެ މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމެވެ. އަދި ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ނިންމައި، މިކަމުގެ އުސޫލުވަނީ އާންމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން