މިހާތަނަށް 3300 އަށްވުރެ ގިނަ މީހުން އަގުމަގު އެޕް ޑައުންލޯޑްކޮށްފައިވޭ
21 އޯގަސްޓު 2026 - 15:01

މިހާތަނަށް 3300 އަށްވުރެ ގިނަ މީހުން އަގުމަގު އެޕް ޑައުންލޯޑްކޮށްފައިވާކަމަށާއި،އަދި މި ޕޯޓަލްގައި މިހާތަނަށް ޖުމްލަ 224 ފިހާރަ ރަޖިސްޓްރީކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އަގުމަގު އެޕް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 2700 އަށްވުރެ ގިނަ މީހުން މި އެޕް ބޭނުންކުރާއިރު، މިހާތަނަށް 224 ފިހާރައަކުން އެޕްގައި ރަޖިސްޓްރީވެފައިވާކަމަށެވެ.

Ad by Hajj Corporation
ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ މި އެޕް މެދުވެރިކޮށް އެކި ފިހާރަކުގައި މުދާ ވިއްކަން ހުރި އަގުތައް ވަރަށް ފަސޭހައިން ބަލާލާއި އަޅާ ކިޔާލެވޭނެކަމަށެވެ. އަދި އެންމެ އަގު ހެޔޮކޮށް ތަކެތި ލިބެން ހުރި ތަން ވަގުތުން ބަލާލެވޭނެކަމަށެވެ.
މީގެއިތުރުން މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށާއި،ބާޒާރުގައި ތަކެތީގެ އަގުތައް ފެންނަން ހުންނާނެ އަގުމަގު އެޕް ތައާރަފްކޮށްފައިވާއިރު މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެ ކަމަށް ވެސް އެ ވުުޒާރާއިން ވަނީ ބުނެފައެވެ.
މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެ ބޭފުޅުންގެ މުދާ އިޝްތިހާރުކުރުމަށާއި، ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހުރި ތަންތަނާއި އަގުތައް ބަލާލުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

-01.jpg&w=3840&q=75)
